އަރް-ރަޢްދު · 20/43
ތަރުޖަމާ ކިޔެވުން — އަރް-ރަޢްދު
الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنقُضُونَ الْمِيثَاقَ ۝٢٠
Allazeena yoofoona bi`ahdil laahi wa laa yanqu doonal meesaaq
📖 ދިވެހި މާނަ
އެއުރެންނަކީ، اللَّه އަށް ވެފައިވާ وعد ފުއްދާ، އަދި ކަށަވަރުވެގެންވާ عهد އުވައިނުލާ މީހުންނެވެ
🎧 އަޑު އަހާ

📜 އާޔަތް 18-22 — އަރް-ރަޢްދު

18لِلَّذِينَ اسْتَجَابُوا لِرَبِّهِمُ الْحُسْنَىٰ ۚ وَالَّذِينَ لَمْ يَسْتَجِيبُوا لَهُ لَوْ أَنَّ لَهُم مَّا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ ۚ أُولَٰئِكَ لَهُمْ سُوءُ الْحِسَابِ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمِهَادُ
އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދިން މީހުންނަށް، ހުރީ، އެންމެ ހެޔޮ ދަރުމައެވެ. އަދި އެކަލާނގެއަށް އިޖާބަ ނުދިން މީހުންނަށް މުޅި ބިމުގައި ވާހައި ތަކެއްޗެއް އޭގެ ދެގުނަޔަށް ލިބުނުކަމުގައިވިޔަސް، އެ ހުރިހާ އެއްޗަކުން އެއުރެން فدية ދިނީހެވެ. އެއުރެންނަށްހުރީ، ނުބައިކަންހުރި حساب ބެއްލެވުމެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަންމަތީގެހުރި ނުބައިކަމާއެވެ
19۞ أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَّبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވީ، حق ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ
20الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنقُضُونَ الْمِيثَاقَ
އެއުރެންނަކީ، اللَّه އަށް ވެފައިވާ وعد ފުއްދާ، އަދި ކަށަވަރުވެގެންވާ عهد އުވައިނުލާ މީހުންނެވެ
21وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ
އަދި އެއުރެންނަކީ، ގުޅިފައިވުމަށް اللَّه أمر ކުރައްވާފައިވާ ކަންތައްތައް ގުޅުވާ، އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ، އަދި حساب ބެއްލެވުމުގެ ނުބައި ނަތީޖާއަކަށް ބިރުގަންނަ މީހުންނެވެ
22وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَٰئِكَ لَهُمْ عُقْبَى الدَّارِ
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އަދައިގެން ކެތްތެރިވެ، ނަމާދު قائم ކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، ސިއްރާއި ފާޅުގައި ހޭދަކޮށް، އަދި ހެޔޮކަންތަކުން ނުބައިކަންތައް ދުރުކުރާ މީހުންނެވެ. އެއުރެންނަށް آخرة ގައި އުފާވެރި ގޮވަތި ހުށްޓެވެ
އަރް-ރަޢްދުޤުރުއާން ފިހުރިސްތު
43އާޔަތް
MedinanRevelation
20އާޔަތް

ތަރުޖަމާ — އަރް-ރަޢްދު 20

ސޫރަތު އަރް-ރަޢްދު އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނަކީ، اللَّه އަށް ވެފައިވާ وعد ފުއްދާ، އަދި ކަށަވަރުވެގެންވާ عهد އުވައިނުލާ…

ސޫރަތު އާޔަތް 20/43 — އަރް-ރަޢްދު الرعد (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަރް-ރަޢްދު އަޑު އަހާ, އަރް-ރަޢްދު ތަރުޖަމާ, އަރް-ރަޢްދު mp3, އަރް-ރަޢްދު pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers