އިބްރާހިމް · 20/52
ތަރުޖަމާ ކިޔެވުން — އިބްރާހިމް
وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ ۝٢٠
Wa maa zaalika `alal laahi bi `azeez
📖 ދިވެހި މާނަ
އަދި އެކަންތައް اللَّه އަށް އުނދަގޫކަމަކަށް ނުވެތެވެ
🎧 އަޑު އަހާ

📜 އާޔަތް 18-22 — އިބްރާހިމް

18مَّثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمَادٍ اشْتَدَّتْ بِهِ الرِّيحُ فِي يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ
އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންގެ عمل ތަކުގެ مثال، އަޅިތަކެއް ފަދައެވެ. ވިއްސާރަގަދަ ދުވަހެއްގައި، އެއަށް ގަދަ ވައިޖެހި، އެ އަޅިތައް ބުރުއްސައިލިއެވެ. އެއުރެން ހޯދައިގަތް އެއްވެސްކަމެއްގެ މައްޗަށް، އެއުރެންގެ އެއްވެސް ބާރެއް ނެތެވެ. ދުރުވެގެންވާ މަގުފުރެދުމަކީ ހަމައެއީއެވެ
19أَلَمْ تَرَ أَنَّ اللَّهَ خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
ހަމަކަށަވަރުން، اللَّه، حق ގޮތުގައި އުޑުތަކާއި ބިން ހައްދަވާފައިވާކަން ތިބާއަކަށް ނޭނގޭ ހެއްޔެވެ؟ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ مخلوق ންތަކެއް ގެންނަވައިފާނެތެވެ
20وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ
އަދި އެކަންތައް اللَّه އަށް އުނދަގޫކަމަކަށް ނުވެތެވެ
21وَبَرَزُوا لِلَّهِ جَمِيعًا فَقَالَ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ اللَّهِ مِن شَيْءٍ ۚ قَالُوا لَوْ هَدَانَا اللَّهُ لَهَدَيْنَاكُمْ ۖ سَوَاءٌ عَلَيْنَا أَجَزِعْنَا أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ
އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، اللَّه ގެ حضرة އަށް އަންނާނެތެވެ. އަދި (އޭގެތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެން މިތިބީ، ތިޔަބައިމީހުންނަށް تبع ވެގެންނެވެ. ފަހެ، ތިޔަބައިމީހުންނަށް اللَّه ގެ عذاب ން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. اللَّه ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ
22وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِيَ عَلَيْكُم مِّن سُلْطَانٍ إِلَّا أَن دَعَوْتُكُمْ فَاسْتَجَبْتُمْ لِي ۖ فَلَا تَلُومُونِي وَلُومُوا أَنفُسَكُم ۖ مَّا أَنَا بِمُصْرِخِكُمْ وَمَا أَنتُم بِمُصْرِخِيَّ ۖ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ
އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، شيطان އާ ބުނާނެތެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވާފައިވަނީ، حق ތެދު وعد އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް وعد ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ وعد އާ خلاف ވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން كافر ވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذاب ހުށްޓެވެ
އިބްރާހިމްޤުރުއާން ފިހުރިސްތު
52އާޔަތް
MeccanRevelation
20އާޔަތް

ތަރުޖަމާ — އިބްރާހިމް 20

ސޫރަތު އިބްރާހިމް އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެކަންތައް اللَّه އަށް އުނދަގޫކަމަކަށް ނުވެތެވެ

ސޫރަތު އާޔަތް 20/52 — އިބްރާހިމް إبراهيم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އިބްރާހިމް އަޑު އަހާ, އިބްރާހިމް ތަރުޖަމާ, އިބްރާހިމް mp3, އިބްރާހިމް pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers