އަން-ނަޙްލު · 86/128
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަޙްލު
وَإِذَا رَأَى الَّذِينَ أَشْرَكُوا شُرَكَاءَهُمْ قَالُوا رَبَّنَا هَٰؤُلَاءِ شُرَكَاؤُنَا الَّذِينَ كُنَّا نَدْعُو مِن دُونِكَ ۖ فَأَلْقَوْا إِلَيْهِمُ الْقَوْلَ إِنَّكُمْ لَكَاذِبُونَ ۝٨٦
Wa izaa ra al lazeena ashrakoo shurakaaa`ahum qaaloo Rabbana haaa`ulaaa`i shurakaaa`unal lazeena kunnaa nad`oo min doonika fa alqaw ilaihimul qawla innakum lakaaziboon
📖 ދިވެހި މާނަ
އަދި شريك ކުޅަ މީހުން، އެއުރެން (اللَّه އާ) شريك ކުޅަ ފަރާތްތައް ދެކޭހިނދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! މިތިބީ އަޅަމެންގެ شريك ންނެވެ. އެއީ، އިބަރަސްކަލާނގެ ފިޔަވައި، އަޅަމެން އެފަރާތްތަކަށް އަޅުކަންކޮށް އުޅުނު ފަރާތްތަކެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ދޮގުވެރިންނޭ ބުނެ، އެ ތަކެތި އެއުރެންނަށް އެބަސް ރައްދުކުރާނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 84-88 — ސޫރަތު އަން-ނަޙްލު

84وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍ شَهِيدًا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا وَلَا هُمْ يُسْتَعْتَبُونَ
ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން، ހެކިވެރިޔަކު ފޮނުއްވަވާ ދުވަސް ހަނދުމަކުރާށެވެ! ދެން كافر ވިމީހުންނަށް (عذر ދެއްކުމަކަށް) إذن އެއް ނުދެއްވާހުށްޓެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް، އެނބުރި އާދެވޭނޭ ބަޔަކު ކަމުގައި، އެއުރެން އެދުވަހުން ނުވެތެވެ
85وَإِذَا رَأَى الَّذِينَ ظَلَمُوا الْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ
އަދި އަނިޔާވެރިވި މީހުން، عذاب ދެކޭހިނދު، އެއުރެންގެ ކިބައިން އެކަން ލުއި ނުކުރައްވާހުށްޓެވެ. އަދި ފަސްކުރައްވާނޭ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ
86وَإِذَا رَأَى الَّذِينَ أَشْرَكُوا شُرَكَاءَهُمْ قَالُوا رَبَّنَا هَٰؤُلَاءِ شُرَكَاؤُنَا الَّذِينَ كُنَّا نَدْعُو مِن دُونِكَ ۖ فَأَلْقَوْا إِلَيْهِمُ الْقَوْلَ إِنَّكُمْ لَكَاذِبُونَ
އަދި شريك ކުޅަ މީހުން، އެއުރެން (اللَّه އާ) شريك ކުޅަ ފަރާތްތައް ދެކޭހިނދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! މިތިބީ އަޅަމެންގެ شريك ންނެވެ. އެއީ، އިބަރަސްކަލާނގެ ފިޔަވައި، އަޅަމެން އެފަރާތްތަކަށް އަޅުކަންކޮށް އުޅުނު ފަރާތްތަކެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ދޮގުވެރިންނޭ ބުނެ، އެ ތަކެތި އެއުރެންނަށް އެބަސް ރައްދުކުރާނެތެވެ
87وَأَلْقَوْا إِلَى اللَّهِ يَوْمَئِذٍ السَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ
އަދި އެއުރެން އެދުވަހުން، اللَّه އަށް تسليم ކުރާނެތެވެ. އަދި އެއުރެން އަމިއްލަޔަށް ހަދައިގެން އުޅުނު باطل إله ންތައް، އެއުރެންނަށް ގެއްލިގެންދާނެތެވެ
88الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ زِدْنَاهُمْ عَذَابًا فَوْقَ الْعَذَابِ بِمَا كَانُوا يُفْسِدُونَ
(اللَّه އަށާއި އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، عذاب ގެ މައްޗަށް عذاب ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
86އާޔަތް

ތަރުޖަމާ — އަން-ނަޙްލު 86

ސޫރަތު އަން-ނަޙްލު އާޔަތް 86 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި شريك ކުޅަ މީހުން، އެއުރެން (اللَّه އާ) شريك ކުޅަ ފަރާތްތައް…

ސޫރަތު އާޔަތް 86/128 — ސޫރަތު އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަޙްލު އަޑު އަހާ, ސޫރަތު އަން-ނަޙްލު ތަރުޖަމާ, ސޫރަތު އަން-ނަޙްލު mp3, ސޫރަތު އަން-ނަޙްލު pdf. އާޔަތް 84–88. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers