އަލް-އިސްރާއް · 21/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا ۝٢١
Unzur kaifa faddalnaa ba`dahum `alaa ba`d; wa lal Aakhiratu akbaru darajaatinw wa akbaru tafdeelaa
📖 ދިވެހި މާނަ
ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން آخرة މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ

🎧 އަޑު އަހާ


📜 އާޔަތް 19-23 — އަލް-އިސްރާއް

19وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا
އަދި مؤمن އަކު ކަމުގައިވާ حال، آخرة އަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް مقبول ވެވި، شكر ލިބިގެންވާ މީހުންނެވެ
20كُلًّا نُّمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެއުރެންނާއި، އެންމެންނަށް، ތިމަންރަސްކަލާނގެ ދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެތެވެ
21انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا
ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން آخرة މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ
22لَّا تَجْعَلْ مَعَ اللَّهِ إِلَٰهًا آخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا
اللَّه އާއެކު އެހެން إله އަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ނިކަމެތިވެގެންވާ حال، ތިބާ އިންނަންޖެހިދާނެތެވެ
23۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
21އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 21

ސޫރަތު އަލް-އިސްރާއް އާޔަތް 21 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން،…

ސޫރަތު އާޔަތް 21/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 19–23. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers