އަލް-އިސްރާއް · 47/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ۝٤٧
nahnu a`lamu bimaa yastami`oona biheee iz yastami`oona ilaika wa iz hum najwaaa iz yaqooluz zaalimoona in tattabi`oona illaa rajulam mas hooraa
📖 ދިވެހި މާނަ
އެއުރެން ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޑުއަހާހިނދުގައްޔާއި، އަދި އެއުރެން ސިއްރުސައްލާކުރާހިނދު، އެއުރެން އެ އަޑުއަހާ އެއްޗެއް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަނިޔާވެރިވި މީހުން، އެހިނދު ބުނެތެވެ. سحر ޖެހިފައިވާ ފިރިހެނަކަށް މެނުވީ، ތިޔަބައިމީހުން تبع އެއް ނުވަމުއެވެ
🎧 އަޑު އަހާ

📜 އާޔަތް 45-49 — އަލް-އިސްރާއް

45وَإِذَا قَرَأْتَ الْقُرْآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ حِجَابًا مَّسْتُورًا
ކަލޭގެފާނު قرآن ކިޔަވައިވިދާޅުވާހިނދު، ކަލޭގެފާނާއި، آخرة ދުވަހަށް إيمان ނުވާމީހުންނާ ދެމެދު ނިވައިކުރަނިވި ފަރުދާއެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ
46وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْا عَلَىٰ أَدْبَارِهِمْ نُفُورًا
އަދި އެއުރެންނަށް އެ قرآن ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް އެއުރެންގެ ހިތްތަކުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި، ބީރުކަމެއް ލެއްވީމެވެ. އަދި قرآن ގައި، ހަމައެކަނި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނަންފުޅު ކަލޭގެފާނު ގެންނަވައިފިނަމަ، އެއުރެން ނުރުހުންތެރިވެ، ފުރަގަސްދީ އެނބުރި ހިނގައިދެތެވެ
47نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا
އެއުރެން ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޑުއަހާހިނދުގައްޔާއި، އަދި އެއުރެން ސިއްރުސައްލާކުރާހިނދު، އެއުރެން އެ އަޑުއަހާ އެއްޗެއް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަނިޔާވެރިވި މީހުން، އެހިނދު ބުނެތެވެ. سحر ޖެހިފައިވާ ފިރިހެނަކަށް މެނުވީ، ތިޔަބައިމީހުން تبع އެއް ނުވަމުއެވެ
48انظُرْ كَيْفَ ضَرَبُوا لَكَ الْأَمْثَالَ فَضَلُّوا فَلَا يَسْتَطِيعُونَ سَبِيلًا
ކަލޭގެފާނާމެދު އެއުރެން مثال ޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ (އެކަމުގައި) އެއުރެން މަގުފުރެދިއްޖައޫއެވެ. ދެން އެއްވެސް މަގަކަށް، އެއުރެންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ
49وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا
އެއުރެން ބުނެފޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވޭހެއްޔެވެ؟
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
47އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 47

ސޫރަތު އަލް-އިސްރާއް އާޔަތް 47 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޑުއަހާހިނދުގައްޔާއި، އަދި އެއުރެން ސިއްރުސައްލާކުރާހިނދު، އެއުރެން އެ…

ސޫރަތު އާޔަތް 47/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 45–49. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers