މަރްޔަމް · 63/98
ތަރުޖަމާ ކިޔެވުން — ސޫރަތު މަރްޔަމް
تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا ۝٦٣
Tilkal jannatul latee oorisu min `ibaadinaa man kaana taqiyyaa
📖 ދިވެހި މާނަ
އެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، تقوى ވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 61-65 — ސޫރަތު މަރްޔަމް

61جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَٰنُ عِبَادَهُ بِالْغَيْبِ ۚ إِنَّهُ كَانَ وَعْدُهُ مَأْتِيًّا
(އެއީ) رحمن ވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް غيب ގައި ދެއްވުމަށް وعد ކުރައްވާފައިވާ، عدن އޭ ކިއުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން، އެކަލާނގެ وعد ފުޅަކީ، އަންނާނޭ އެއްޗެއްކަމުގައިވެއެވެ
62لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَامًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا
އެތާނގައި ބޭކާރު ވާހަކައެއް އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު، (އިވޭނީ) سلام އާއި، تحيّة ގެ އަޑެވެ. އަދި ހެނދުނާއި، ހަވީރު އެއުރެންގެ رزق، އެއުރެންނަށްޓަކައި އެތާނގައި ވެއެވެ
63تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا
އެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، تقوى ވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ
64وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައިވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައިވާހާ އެއްޗަކާއި، އެދެމެދުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ
65رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟
މަރްޔަމްޤުރުއާން ފިހުރިސްތު
98އާޔަތް
MeccanRevelation
63އާޔަތް

ތަރުޖަމާ — މަރްޔަމް 63

ސޫރަތު މަރްޔަމް އާޔަތް 63 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، تقوى ވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ

ސޫރަތު އާޔަތް 63/98 — ސޫރަތު މަރްޔަމް مريم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު މަރްޔަމް އަޑު އަހާ, ސޫރަތު މަރްޔަމް ތަރުޖަމާ, ސޫރަތު މަރްޔަމް mp3, ސޫރަތު މަރްޔަމް pdf. އާޔަތް 61–65. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers