މަރްޔަމް · 77/98
ތަރުޖަމާ ކިޔެވުން — މަރްޔަމް
أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا ۝٧٧
Afara`aytal lazee kafara bi Aayaatinaa wa qaala la oota yanna maalanw wa waladaa
📖 ދިވެހި މާނަ
ތިމަންރަސްކަލާނގެ آية ތަކަށް كافر ވެ، އަދި ހަމަކަށަވަރުން، ތިމަންނާއަށް މުދަލާއި، ދަރިން ދެއްވާހުށްޓޭ ބުނިމީހާ، ކަލޭގެފާނު ފަހެ، ދެކެވަޑައިގަތީމުތޯއެވެ؟
🎧 އަޑު އަހާ

📜 އާޔަތް 75-79 — މަރްޔަމް

75قُلْ مَن كَانَ فِي الضَّلَالَةِ فَلْيَمْدُدْ لَهُ الرَّحْمَٰنُ مَدًّا ۚ حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ إِمَّا الْعَذَابَ وَإِمَّا السَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا
ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް رحمن ވަންތަ ރަސްކަލާނގެ عمر ދިގުކުރައްވައި، مهلة ދެއްވާނެތެވެ. އެއުރެންނަށް وعد ކުރައްވާ ކަންތައް، އެއުރެން ދެކެފުމަށްދާނދެނެވެ. އެހެންޏާ (ދުނިޔޭގެ) عذاب އެވެ. އެހެންޏާ قيامة ދުވަހުގެ ހަލާކެވެ. ފަހެ، ދަރަޖައިގެ ގޮތުން އެންމެނުބައީ، އަދި لشكر ގެގޮތުން އެންމެ ނިކަމެތީ، ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ
76وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى ۗ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
ތެދުމަގު ލިބިގެންފި މީހުންނަށް اللَّه ތެދުމަގު ދެއްކެވުން އިތުރުކުރައްވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ثواب ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި صالح عمل ތަކެވެ
77أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا
ތިމަންރަސްކަލާނގެ آية ތަކަށް كافر ވެ، އަދި ހަމަކަށަވަރުން، ތިމަންނާއަށް މުދަލާއި، ދަރިން ދެއްވާހުށްޓޭ ބުނިމީހާ، ކަލޭގެފާނު ފަހެ، ދެކެވަޑައިގަތީމުތޯއެވެ؟
78أَطَّلَعَ الْغَيْبَ أَمِ اتَّخَذَ عِندَ الرَّحْمَٰنِ عَهْدًا
އޭނާއަށް غيب އެނގުނީހެއްޔެވެ؟ ނުވަތަ رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފީހެއްޔެވެ؟
79كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُ مِنَ الْعَذَابِ مَدًّا
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އޭނާ ބުނާއެއްޗެއް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި އޭނާއަށް عذاب އިތުރުކުރައްވައި ދިގުކުރައްވާހުށީމެވެ
މަރްޔަމްޤުރުއާން ފިހުރިސްތު
98އާޔަތް
MeccanRevelation
77އާޔަތް

ތަރުޖަމާ — މަރްޔަމް 77

ސޫރަތު މަރްޔަމް އާޔަތް 77 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިމަންރަސްކަލާނގެ آية ތަކަށް كافر ވެ، އަދި ހަމަކަށަވަރުން، ތިމަންނާއަށް މުދަލާއި، ދަރިން…

ސޫރަތު އާޔަތް 77/98 — މަރްޔަމް مريم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: މަރްޔަމް އަޑު އަހާ, މަރްޔަމް ތަރުޖަމާ, މަރްޔަމް mp3, މަރްޔަމް pdf. އާޔަތް 75–79. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers