އަލް-ބަޤަރާ · 147/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
الْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ ۝١٤٧
Alhaqqu mir Rabbika falaa takoonana minal mumtareen
📖 ދިވެހި މާނަ
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ حق ތެދުބަސްފުޅެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ

🎧 އަޑު އަހާ


📜 އާޔަތް 145-149 — ސޫރަތު އަލް-ބަޤަރާ

145وَلَئِنْ أَتَيْتَ الَّذِينَ أُوتُوا الْكِتَابَ بِكُلِّ آيَةٍ مَّا تَبِعُوا قِبْلَتَكَ ۚ وَمَا أَنتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ ۚ وَلَئِنِ اتَّبَعْتَ أَهْوَاءَهُم مِّن بَعْدِ مَا جَاءَكَ مِنَ الْعِلْمِ ۙ إِنَّكَ إِذًا لَّمِنَ الظَّالِمِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެއުރެންނަށް ފޮތް ދެއްވި މީހުންނަށް ހުރިހާ ބާވަތެއްގެ ހެތްކެއް ކަލޭގެފާނު ގެނެސްދެއްވިޔަސް ކަލޭގެފާނުގެ قبلة އަކަށް އެއުރެން تبع އެއް ނުވީހެވެ. އަދި އެއުރެންގެ قبلة އަށް تبع ވާ ބޭކަލަކުކަމުގައި ކަލޭގެފާނުވެސް ވެވަޑައިގެން ނުވަމުއެވެ. އަދިި އެއުރެންގެ ތެރެއިން އެއްބަޔެއްގެ قبلة އަށް تبع ވާނޭ ބަޔަކުކަމުގައި އެއުރެންގެ އަނެއްބަޔަކު ނުވެއެވެ. އަދި ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، ހަމަކަށަވަރުން ކަލޭގެފާނު ވެވަޑައިގަންނަވާހުށީ އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ
146الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ދަންނާނެތެވެ. އަދި އޭގެތެރެއިން ބަޔަކު ދެނެތިބެގެންމެ، حق ވަންހަނާކުރާކަން ކަށަވަރެވެ
147الْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ حق ތެދުބަސްފުޅެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ
148وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَاسْتَبِقُوا الْخَيْرَاتِ ۚ أَيْنَ مَا تَكُونُوا يَأْتِ بِكُمُ اللَّهُ جَمِيعًا ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ކޮންމެ މީހަކަށްމެ (އަޅުކަންކުރުމުގައި) އެމީހަކު ކުރިމަތިލާ ފަރާތެއްވެއެވެ. ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ! ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް (قيامة ދުވަހުން) اللَّه ތިޔަބައިމީހުން އެންމެން އެއްތާކަށް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
149وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۖ وَإِنَّهُ لَلْحَقُّ مِن رَّبِّكَ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދު ކުރައްވާއިރު) حرمة ތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ގޮތްކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
147އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 147

ސޫރަތު އަލް-ބަޤަރާ އާޔަތް 147 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ حق ތެދުބަސްފުޅެވެ. ފަހެ، شك ކުރާ…

ސޫރަތު އާޔަތް 147/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 145–149. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers