އަލް-ބަޤަރާ · 268/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ ۖ وَاللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللَّهُ وَاسِعٌ عَلِيمٌ ۝٢٦٨
Ash Shaitaanu ya`idukumul faqra wa yaamurukum bilfahshaaa`i wallaahu ya`idukum maghfiratam minhu wa fadlaa; wallaahu Waasi`un `Aleem
📖 ދިވެހި މާނަ
فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 266-270 — އަލް-ބަޤަރާ

266أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِي مِن تَحْتِهَا الْأَنْهَارُ لَهُ فِيهَا مِن كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ
ކަދުރު ރުކާއި، މޭބިސްކަދުރު ހުރި ބަގީޗާއެއް އެ މީހަކަށް ލިބި، އެ ބަގީޗާގެ ދަށުން ކޯރުތައް ހިނގަހިނގާހުރެ، އެތަނުން އޭނާއަށް ހުރިހާ ބާވަތެއްގެ މޭވާ ލިބި، ދެން އޭނާއަށް ނިކަމެތި ޅަދަރިންތަކެއްވާ حال ގައި، (މަސައްކަތެއް ނުކުރެވޭ ވަރަށް) އޭނާއަށް މުސްކުޅިކަން އައިސްފައިވަނިކޮށް، ދެން، އަލިފާންހުރި ވައިގެ ގަދަ ކޮޅިގަނޑެއް އެ ބަގީޗާއަށްޖެހި އަނދައިގެންދާ ބަގީޗާއެއް އޮތުމަށް، ތިޔަބައިމީހުންކުރެ އެކަކުވެސް ހިތްއެދޭނެ ހެއްޔެވެ؟ އެފަދައިން، ތިޔަބައިމީހުންނަށް، اللَّه، آية ތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ފިކުރު ކުޅައުމަށްޓަކައެވެ
267يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِآخِذِيهِ إِلَّا أَن تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި قصد ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިިބިވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ
268الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ ۖ وَاللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللَّهُ وَاسِعٌ عَلِيمٌ
فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
269يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
އެކަލާނގެ އިރާދަކުރައްވާ މީހަކަށް حكمة ދެއްވައެވެ. އަދި، (އެމީހަކަށް) حكمة ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ أهل ވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ
270وَمَا أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ اللَّهَ يَعْلَمُهُ ۗ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
އަދި، ހޭދަކުރުމުގެ ތެރެއިން ތިޔަބައިމީހުންކުރި ހޭދައެއް، ނުވަތަ، ނަދުރުގެ ތެރެއިން ތިޔަބައިމީހުން ގަތް ނަދުރެއް، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެއެވެ. އަނިޔާވެރިންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
268އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 268

ސޫރަތު އަލް-ބަޤަރާ އާޔަތް 268 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ…

ސޫރަތު އާޔަތް 268/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 266–270. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers