އާލު-ޢިމްރާން · 120/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ ۝١٢٠
In tamsaskum hasanatun tasu`hum wa in tusibkum saiyi`atuny yafrahoo bihaa wa in tasbiroo wa tattaqoo laa yad urrukum kaiduhum shai`aa; innal laaha bimaa ya`maloona muheet
📖 ދިވެހި މާނަ
ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް تقوى ވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 118-122 — އާލު-ޢިމްރާން

118يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ ۖ إِن كُنتُمْ تَعْقِلُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް فساد ކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، آية ތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ
119هَا أَنتُمْ أُولَاءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِالْكِتَابِ كُلِّهِ وَإِذَا لَقُوكُمْ قَالُوا آمَنَّا وَإِذَا خَلَوْا عَضُّوا عَلَيْكُمُ الْأَنَامِلَ مِنَ الْغَيْظِ ۚ قُلْ مُوتُوا بِغَيْظِكُمْ ۗ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ
ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތަކަށް إيمان ވެގެން ތިބޭއިރުވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން إيمان ވެއްޖައީމުއޭ ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
120إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ
ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް تقوى ވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
121وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ الْمُؤْمِنِينَ مَقَاعِدَ لِلْقِتَالِ ۗ وَاللَّهُ سَمِيعٌ عَلِيمٌ
(أُحد ހަނގުރާމައިގެ ދުވަހު) ހަނގުރާމައިގެ مركز ތަކަށް مؤمن ން ހަމަޖައްސަވައި ތައްޔާރުކުރެއްވުމަށްޓަކައި، ކަލޭގެފާނުންގެ أهل ވެރިންގެ ތެރެއިން ނުކުމެވަޑައިގެންނެވިހިނދު، (ހަނދުމަ ކުރައްވާށެވެ!) اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
122إِذْ هَمَّت طَّائِفَتَانِ مِنكُمْ أَن تَفْشَلَا وَاللَّهُ وَلِيُّهُمَا ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
(އެއީ) ތިޔަބައިމީހުންގެ ތެރެއިން ދެބަޔަކު ފިނޑިވެ، ހިތްވަރު އެލުނުހިނދެވެ. اللَّه އީ، އެ ދެބައިމީހުން ރައްކާތެރިކުރައްވައި نصر ދެއްވާ ރަސްކަލާނގެއެވެ. ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
120އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 120

ސޫރަތު އާލު-ޢިމްރާން އާޔަތް 120 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް…

ސޫރަތު އާޔަތް 120/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 118–122. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers