އާލު-ޢިމްރާން · 187/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ ۝١٨٧
Wa iz akhazal laahu meesaaqal lazeena ootul Kitaaba latubaiyinunnahoo linnaasi wa laa taktumoona hoo fanabazoohu waraaa`a zuhoorihim washtaraw bihee samanan qaleelan fabi`sa maa yashtaroon
📖 ދިވެހި މާނަ
ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ عهد އަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް بيان ކޮށް ދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި عهد އެވެ. ދެން، އެއުރެންގެ ފުރަގަހަށް އެ عهد އެއްލައިލިއެވެ. އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ
🎧 އަޑު އަހާ

📜 އާޔަތް 185-189 — އާލު-ޢިމްރާން

185كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ
186۞ لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَمِنَ الَّذِينَ أَشْرَكُوا أَذًى كَثِيرًا ۚ وَإِن تَصْبِرُوا وَتَتَّقُوا فَإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ
ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކާ މެދުގައި، ތިޔަބައިމީހުން امتحان ކުރައްވާނެކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ކިބައިންނާއި، شريك ކުޅަ މީހުންގެ ކިބައިން، ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ، تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ
187وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ
ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ عهد އަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް بيان ކޮށް ދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި عهد އެވެ. ދެން، އެއުރެންގެ ފުރަގަހަށް އެ عهد އެއްލައިލިއެވެ. އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ
188لَا تَحْسَبَنَّ الَّذِينَ يَفْرَحُونَ بِمَا أَتَوا وَّيُحِبُّونَ أَن يُحْمَدُوا بِمَا لَمْ يَفْعَلُوا فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ الْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ
އެއުރެންކުޅަ ކަންތަކަށް އުފާކުރާ، އަދި، އެއުރެން ނުކުރާ ކަންތަކާމެދު ތާރީފު ލިބުމަށް އެދޭމީހުންނީ، عذاب ން ސަލާމަތްވާނެ ތަނެއްގައި ތިބިބަޔަކު ކަމުގައި ހީނުކުރާހުށިކަމެވެ! އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ
189وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
އަދި، އުޑުތަކާއި ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
187އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 187

ސޫރަތު އާލު-ޢިމްރާން އާޔަތް 187 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ!…

ސޫރަތު އާޔަތް 187/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 185–189. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers