އާލު-ޢިމްރާން · 23/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُدْعَوْنَ إِلَىٰ كِتَابِ اللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ ۝٢٣
Alam tara ilal lazeena ootoo naseebam minal Kitaabi yud`awna ilaa Kitaabil laahi liyahkuma bainahum summa yatawallaa fareequm minhum wa hum mu`ridoon
📖 ދިވެހި މާނަ
ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّه ގެ ފޮތުގައިވާގޮތަށް، حكم ކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
🎧 އަޑު އަހާ

📜 އާޔަތް 21-25 — އާލު-ޢިމްރާން

21إِنَّ الَّذِينَ يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ حَقٍّ وَيَقْتُلُونَ الَّذِينَ يَأْمُرُونَ بِالْقِسْطِ مِنَ النَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވެ، حق އަކާނުލައި، ނަބިއްޔުން قتل ކޮށް، މީސްތަކުންގެ ތެރެއިން عدل އަށް أمر ކުރާ މީހުން قتل ކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ
22أُولَٰئِكَ الَّذِينَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ وَمَا لَهُم مِّن نَّاصِرِينَ
އެއުރެންނީ، ދުނިޔެއާއި، آخرة ގައި، އެއުރެންގެ عمل ތައް باطل ވެފައިވާ މީހުންނެވެ. އަދި، އެއުރެންނަށް نصر ދޭނެ އެއްވެސްބަޔަކު ނުވެތެވެ
23أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُدْعَوْنَ إِلَىٰ كِتَابِ اللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ
ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّه ގެ ފޮތުގައިވާގޮތަށް، حكم ކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
24ذَٰلِكَ بِأَنَّهُمْ قَالُوا لَن تَمَسَّنَا النَّارُ إِلَّا أَيَّامًا مَّعْدُودَاتٍ ۖ وَغَرَّهُمْ فِي دِينِهِم مَّا كَانُوا يَفْتَرُونَ
އެއީ ގުނާލެވިގެންވާ ކުޑަދުވަސްކޮޅަކު މެނުވީ، ތިމަންމެންގައި ނަރަކައިގެ އަލިފާން ނުބީހޭނެޔޭ އެއުރެން ބުނެ އުޅުނުކަމުގެ ސަބަބުންނެވެ. އަދި އެއުރެން ދޮގުން އުފައްދާފައިވާ ބަސްތައް އެއުރެންގެ دين އާ މެދުގައި އެއުރެން ހެއްލުންތެރި ކުޅައެވެ
25فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
ފަހެ، އެދުވަހާމެދު شك ކަމެއްނެތް ދުވަހަކުން (އެބަހީ: قيامة ދުވަހުން) ތިމަންރަސްކަލާނގެ އެއުރެން އެއްކުރައްވައި އެއުރެންނަށް ބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭހިނދު، އެއުރެން (ގެ حال) ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
23އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 23

ސޫރަތު އާލު-ޢިމްރާން އާޔަތް 23 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّه ގެ…

ސޫރަތު އާޔަތް 23/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 21–25. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers