އާލު-ޢިމްރާން · 40/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَقَدْ بَلَغَنِيَ الْكِبَرُ وَامْرَأَتِي عَاقِرٌ ۖ قَالَ كَذَٰلِكَ اللَّهُ يَفْعَلُ مَا يَشَاءُ ۝٤٠
Qaala Rabbi annaa yakoonu lee ghulaamunw wa qad balaghaniyal kibaru wamraatee `aaqirun qaala kazaalikal laahu yaf`alu maa yashaaa
📖 ދިވެހި މާނަ
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން، މިއަޅާވަނީ عمر ން ދުވަސްވެ މުސްކުޅިވެފައެވެ. އަދި، މިއަޅާގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. އެކަލާނގެ وحى ކުރެއްވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ
🎧 އަޑު އަހާ

📜 އާޔަތް 38-42 — އާލު-ޢިމްރާން

38هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ
އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ
39فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ
ދެންފަހެ، އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ
40قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَقَدْ بَلَغَنِيَ الْكِبَرُ وَامْرَأَتِي عَاقِرٌ ۖ قَالَ كَذَٰلِكَ اللَّهُ يَفْعَلُ مَا يَشَاءُ
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން، މިއަޅާވަނީ عمر ން ދުވަސްވެ މުސްކުޅިވެފައެވެ. އަދި، މިއަޅާގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. އެކަލާނގެ وحى ކުރެއްވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ
41قَالَ رَبِّ اجْعَل لِّي آيَةً ۖ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَةَ أَيَّامٍ إِلَّا رَمْزًا ۗ وَاذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارة ކުރާ) علامة އެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامة އަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް إشارة ން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ
42وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ
ملائكة ން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަަށަވަރުން، اللَّه، ކަމަނާ خيار ކުރައްވައި، طاهر ކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
40އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 40

ސޫރަތު އާލު-ޢިމްރާން އާޔަތް 40 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން، މިއަޅާވަނީ…

ސޫރަތު އާޔަތް 40/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 38–42. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers