ލުޤްމާން · 25/34
ތަރުޖަމާ ކިޔެވުން — ލުޤްމާން
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ۝٢٥
Wa la`in sa altahum man khalaqas samaawaati wal arda la yaqoolunnal laah; qulil hamdu lillaah; bal aksaruhum laa ya`lamoon
📖 ދިވެހި މާނަ
އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެން ކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
🎧 އަޑު އަހާ

📜 އާޔަތް 23-27 — ލުޤްމާން

23وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوا ۚ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ
އަދި كافر ވިމީހާ، އޭނާގެ كافر ކަމުން ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! އެއުރެން އެނބުރި رجوع ވާހުށީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން އެއުރެން ކުރި عمل ތަކުގެ خبر ތިމަންރަސްކަލާނގެ އެއުރެންނަށް އަންގަވާހުށީމެވެ. ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
24نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ
ކުޑަހިނދުކޮޅަކަށް އެއުރެންނަށް ތިމަންރަސްކަލާނގެ (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ގަދަފަދަވެގެންވާ عذاب އަކަށް އެއުރެން ހުށަހަޅުއްވާ ހުށީމެވެ
25وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެން ކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
26لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۚ إِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ
އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް ملك ވެގެންވަނީ اللَّه އަށެވެ. ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ
27وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ
އަދި ހަމަކަށަވަރުން، ބިމުގައިވާހާ ގަސްގަހާގެއްސަކީ، قلم ތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، اللَّه ގެ كلمة ފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
ލުޤްމާންޤުރުއާން ފިހުރިސްތު
34އާޔަތް
MeccanRevelation
25އާޔަތް

ތަރުޖަމާ — ލުޤްމާން 25

ސޫރަތު ލުޤްމާން އާޔަތް 25 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ،…

ސޫރަތު އާޔަތް 25/34 — ލުޤްމާން لقمان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ލުޤްމާން އަޑު އަހާ, ލުޤްމާން ތަރުޖަމާ, ލުޤްމާން mp3, ލުޤްމާން pdf. އާޔަތް 23–27. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers