އަން-ނިސާއް · 152/176
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނިސާއް
وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ وَلَمْ يُفَرِّقُوا بَيْنَ أَحَدٍ مِّنْهُمْ أُولَٰئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ۝١٥٢
Wallazeena aamanoo billaahi wa Rusulihee wa lam yufarriqoo baina ahadim minhum ulaaa`ika sawfa yu`teehim ujoorahum; wa kaanal laahu Ghafoorar Raheema
📖 ދިވެހި މާނަ
އަދި، اللَّه އާއި، އެކަލާނގެ رسول ންނަށް إيمان ވެ، އެ رسول ންކުރެ އެކަކާާމެދުވެސް ތަފާތުނުކޮށް އުޅުނުމީހުން (ދަންނާށެވެ!) އެއުރެންނަށް އެކަލާނގެ އެއުރެންގެ ދަރުމަ ނިކަންހުރެ ދެއްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 150-154 — ސޫރަތު އަން-ނިސާއް

150إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا
ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން عفو ކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
151أُولَٰئِكَ هُمُ الْكَافِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا
ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول ންނަށް كافر ވާ މީހުންނާއި، اللَّه އާއި އެކަލާނގެ رسول ންނާ ދެމެދު (إيمان ވުމުގައި) ތަފާތުކުރަން އެދޭމީހުންނާއި، ތިމަންމެން އެއްބަޔަކަށް إيمان ވަމުއޭ އަދި އަނެއްބަޔަކަށް كافر ވަމުއޭ ބުނެ، އެދެމެދުން މަގެއް ހިފުމަށް އެދޭމީހުން، (ދަންނާށެވެ!) އެއުރެންނަކީ، ކަނޑައެޅިގެން އެނގޭގޮތުގައި ތިބި كافر ންނެވެ. كافر ންނަށް އިހާނެތި عذاب، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ
152وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ وَلَمْ يُفَرِّقُوا بَيْنَ أَحَدٍ مِّنْهُمْ أُولَٰئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا
އަދި، اللَّه އާއި، އެކަލާނގެ رسول ންނަށް إيمان ވެ، އެ رسول ންކުރެ އެކަކާާމެދުވެސް ތަފާތުނުކޮށް އުޅުނުމީހުން (ދަންނާށެވެ!) އެއުރެންނަށް އެކަލާނގެ އެއުރެންގެ ދަރުމަ ނިކަންހުރެ ދެއްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
153يَسْأَلُكَ أَهْلُ الْكِتَابِ أَن تُنَزِّلَ عَلَيْهِمْ كِتَابًا مِّنَ السَّمَاءِ ۚ فَقَدْ سَأَلُوا مُوسَىٰ أَكْبَرَ مِن ذَٰلِكَ فَقَالُوا أَرِنَا اللَّهَ جَهْرَةً فَأَخَذَتْهُمُ الصَّاعِقَةُ بِظُلْمِهِمْ ۚ ثُمَّ اتَّخَذُوا الْعِجْلَ مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ فَعَفَوْنَا عَن ذَٰلِكَ ۚ وَآتَيْنَا مُوسَىٰ سُلْطَانًا مُّبِينًا
ފޮތުގެ أهل ވެރިން (އެބަހީ: يهودى ން) އެއުރެންގެ މައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ބާވައިލައްވައި ދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދި ދަންނަވަތެވެ. ފަހެ، ހަމަކަށަވަރުން، އެއަށްވުރެ ބޮޑުކަމަކަށް موسى ގެފާނުންގެ އަރިހުން އެއުރެން އެދި ދަންނަވާފައިވެއެވެ. ފަހެ، އެއުރެން ދެންނެވޫއެވެ. ތިމަންމެންނަށް، ފާޅުގައި اللَّه ދައްކަވާށެވެ! ދެން، އެއުރެންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ހޮނުގުގުރި އެއުރެންގައި ހިފިއެވެ. ދެން، އެއަށްފަހު، بيان ވެގެންވާ ހެކިތައް އެއުރެންގެ ގާތަށް އައުމަށްފަހު، (އަޅުކަންކުރުމަށް إله އެއްގެ ގޮތުގައި) އެއުރެން ގެރި ބޭނުންކުޅައޫއެވެ. ދެންވެސް، ތިމަންރަސްކަލާނގެ އެކަމުގެ ކުށް عفو ކުރެއްވީމެވެ. އަދި، بيان ވެގެންވާ ބާރު، موسى ގެފާނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ
154وَرَفَعْنَا فَوْقَهُمُ الطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ادْخُلُوا الْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا فِي السَّبْتِ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا
އަދި، ތިމަންރަސްކަލާނގެ، އެއުރެންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. (އެއީ) އެއުރެންގެ ކަށަވަރުވެގެންވާ عهد ގެ ސަބަބުންނެވެ. (އެބަހީ: توراة ގެ حكم ތަކަށް عمل ކުރަން، އެއުރެން ވެފައިވާ عهد އުވައިލުމުގެ ސަބަބުންނެވެ.) އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ކިޔަމަންތެރިވެގެން ތިބެ (ރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ހޮނިހިރު ދުވަހާމެދު، ދެކޮޅުވެރިވެ ނުކިޔަމަންތެރި ވުމުގައި ހައްދުފަހަނަޅައި ނުދާށެވެ! އަދި، ގަދަވެގެންވާ ميثاق، އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ހިއްޕެވީމެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
152އާޔަތް

ތަރުޖަމާ — އަން-ނިސާއް 152

ސޫރަތު އަން-ނިސާއް އާޔަތް 152 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި، اللَّه އާއި، އެކަލާނގެ رسول ންނަށް إيمان ވެ، އެ رسول…

ސޫރަތު އާޔަތް 152/176 — ސޫރަތު އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނިސާއް އަޑު އަހާ, ސޫރަތު އަން-ނިސާއް ތަރުޖަމާ, ސޫރަތު އަން-ނިސާއް mp3, ސޫރަތު އަން-ނިސާއް pdf. އާޔަތް 150–154. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, September 8, 2026

Don't forget us in your sincere prayers