އަލް-މާއިދާ · 102/120
ތަރުޖަމާ ކިޔެވުން — އަލް-މާއިދާ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ ۝١٠٢
Qad sa alahaa qawmum min qablikum summa asbahoo bihaa kaafireen
📖 ދިވެހި މާނަ
ތިޔަބައިމީހުންގެ ކުރިން އުޅުނު ބަޔަކުވެސް، ހަމަކަށަވަރުން، އެފަދަ سؤال ކުރިއެވެ. ދެން (އެކަންކަމުގެ حكم ބަޔާންކުރެއްވި ހިނދު) އެކަންކަމަށް كافر ވި ބަޔަކު ކަމުގައި އެއުރެންވިއެވެ
🎧 އަޑު އަހާ

📜 އާޔަތް 100-104 — އަލް-މާއިދާ

100قُل لَّا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ ۚ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ عجائب ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ
101يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން سؤال ނުކުރާށެވެ. އަދި قرآن ބާވައިލައްވާހިނދު އެކަންކަމާމެދު ތިޔަބައިމީހުން سؤال ކުރާނަމަ، އެކަންކަން ތިޔަބައިމީހުންނަށް ފާޅުކުރައްވައިފާނެތެވެ. (އިސްވެގޮސްފައިވާ) سؤال ކުރުމުގެ ކުށް، اللَّه عفو ކުރައްވައިފިއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ
102قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ
ތިޔަބައިމީހުންގެ ކުރިން އުޅުނު ބަޔަކުވެސް، ހަމަކަށަވަރުން، އެފަދަ سؤال ކުރިއެވެ. ދެން (އެކަންކަމުގެ حكم ބަޔާންކުރެއްވި ހިނދު) އެކަންކަމަށް كافر ވި ބަޔަކު ކަމުގައި އެއުރެންވިއެވެ
103مَا جَعَلَ اللَّهُ مِن بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ
بحيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މިތަކެތި حرمة ތެރި ތަކެތި ކަމުގައި اللَّه ލައްވައިފައެއް ނުވެއެވެ. އެހެނެއްކަމަކު، كافر ވި މީހުން اللَّه އާމެދު ދޮގުތައް ހަދައި އުޅެތެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކަށް ނުވިސްނެއެވެ. (ނޯޓު: بحـيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މި ތަކެއްޗަކީ ޖާހިލީ ޒަމާނުގައި، عربى ން އަޅުކަންކޮށްއުޅުނު ބުދުތަކަށްޓަކައި، نعم ސޫފީގެ ތެރެއިން، މިނަންތަކުން خاص ކޮށްފައިވާ ތަކެއްޗެވެ)
104وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ
އަދި اللَّه ބާވާލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ އެއުރެން ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟
އަލް-މާއިދާޤުރުއާން ފިހުރިސްތު
120އާޔަތް
MedinanRevelation
102އާޔަތް

ތަރުޖަމާ — އަލް-މާއިދާ 102

ސޫރަތު އަލް-މާއިދާ އާޔަތް 102 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިޔަބައިމީހުންގެ ކުރިން އުޅުނު ބަޔަކުވެސް، ހަމަކަށަވަރުން، އެފަދަ سؤال ކުރިއެވެ. ދެން (އެކަންކަމުގެ…

ސޫރަތު އާޔަތް 102/120 — އަލް-މާއިދާ المائدة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މާއިދާ އަޑު އަހާ, އަލް-މާއިދާ ތަރުޖަމާ, އަލް-މާއިދާ mp3, އަލް-މާއިދާ pdf. އާޔަތް 100–104. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers