އަލް-މާއިދާ · 103/120
ތަރުޖަމާ ކިޔެވުން — އަލް-މާއިދާ
مَا جَعَلَ اللَّهُ مِن بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ ۝١٠٣
Maa ja`alal laahu mim baheeratinw wa laa saaa`ibatinw wa laa waseelatinw wa laa haaminw wa laakinnal lazeena kafaroo yaftaroona `alallaahil kazib; wa aksaruhum laa ya`qiloon
📖 ދިވެހި މާނަ
بحيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މިތަކެތި حرمة ތެރި ތަކެތި ކަމުގައި اللَّه ލައްވައިފައެއް ނުވެއެވެ. އެހެނެއްކަމަކު، كافر ވި މީހުން اللَّه އާމެދު ދޮގުތައް ހަދައި އުޅެތެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކަށް ނުވިސްނެއެވެ. (ނޯޓު: بحـيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މި ތަކެއްޗަކީ ޖާހިލީ ޒަމާނުގައި، عربى ން އަޅުކަންކޮށްއުޅުނު ބުދުތަކަށްޓަކައި، نعم ސޫފީގެ ތެރެއިން، މިނަންތަކުން خاص ކޮށްފައިވާ ތަކެއްޗެވެ)
🎧 އަޑު އަހާ

📜 އާޔަތް 101-105 — އަލް-މާއިދާ

101يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން سؤال ނުކުރާށެވެ. އަދި قرآن ބާވައިލައްވާހިނދު އެކަންކަމާމެދު ތިޔަބައިމީހުން سؤال ކުރާނަމަ، އެކަންކަން ތިޔަބައިމީހުންނަށް ފާޅުކުރައްވައިފާނެތެވެ. (އިސްވެގޮސްފައިވާ) سؤال ކުރުމުގެ ކުށް، اللَّه عفو ކުރައްވައިފިއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ
102قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ
ތިޔަބައިމީހުންގެ ކުރިން އުޅުނު ބަޔަކުވެސް، ހަމަކަށަވަރުން، އެފަދަ سؤال ކުރިއެވެ. ދެން (އެކަންކަމުގެ حكم ބަޔާންކުރެއްވި ހިނދު) އެކަންކަމަށް كافر ވި ބަޔަކު ކަމުގައި އެއުރެންވިއެވެ
103مَا جَعَلَ اللَّهُ مِن بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ
بحيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މިތަކެތި حرمة ތެރި ތަކެތި ކަމުގައި اللَّه ލައްވައިފައެއް ނުވެއެވެ. އެހެނެއްކަމަކު، كافر ވި މީހުން اللَّه އާމެދު ދޮގުތައް ހަދައި އުޅެތެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކަށް ނުވިސްނެއެވެ. (ނޯޓު: بحـيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މި ތަކެއްޗަކީ ޖާހިލީ ޒަމާނުގައި، عربى ން އަޅުކަންކޮށްއުޅުނު ބުދުތަކަށްޓަކައި، نعم ސޫފީގެ ތެރެއިން، މިނަންތަކުން خاص ކޮށްފައިވާ ތަކެއްޗެވެ)
104وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ
އަދި اللَّه ބާވާލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ އެއުރެން ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟
105يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ރައްކާތެރިކޮށް، إصلاح ކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުށްޓެވެ. ތިޔަބައިމީހުން އެންމެން އެނބުރިދިއުންއޮތީ، اللَّه ގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ
އަލް-މާއިދާޤުރުއާން ފިހުރިސްތު
120އާޔަތް
MedinanRevelation
103އާޔަތް

ތަރުޖަމާ — އަލް-މާއިދާ 103

ސޫރަތު އަލް-މާއިދާ އާޔަތް 103 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : بحيرة އާއި، ساءِبة އާއި، وصيلة އާއި، حامى އާއި، މިތަކެތި حرمة…

ސޫރަތު އާޔަތް 103/120 — އަލް-މާއިދާ المائدة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މާއިދާ އަޑު އަހާ, އަލް-މާއިދާ ތަރުޖަމާ, އަލް-މާއިދާ mp3, އަލް-މާއިދާ pdf. އާޔަތް 101–105. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers