އަލް-މާއިދާ · 117/120
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މާއިދާ
مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ۝١١٧
Maa qultu lahum illaa maaa amartanee bihee ani`budul laaha Rabbeee wa Rabbakum; wa kuntu `alaihim shaheedam maa dumtu feehim falammaa tawaffaitanee kunta Antar Raqeeba `alaihim; wa Anta `alaa kulli shai`in Shaheed
📖 ދިވެހި މާނަ
އިބަރަސްކަލާނގެ، މިއަޅާއަށް أمر ކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެވެސް ވެރި، اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެއުރެންގެ ތެރޭގައި، މިއަޅާ ހުރިހައި ހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަރަސްކަލާނގެ، މިއަޅާ ގެންދެވިހިނދު، އެއުރެންގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި، އިބަރަސްކަލާނގެ ވޮޑިގެންވީމުއެވެ. އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 115-119 — ސޫރަތު އަލް-މާއިދާ

115قَالَ اللَّهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ
اللَّه، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ދޮލަނގު ބާވައިލައްވާހުށީމެވެ. ފަހެ، އެއަށްފަހު ތިޔަބައިމީހުންގެ ތެރެއިން، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، عالم ތަކުގެ ތެރެއިން އެކަކަށްވެސް، ތިމަންރަސްކަލާނގެ ނުދެއްވާ عذاب އެއް އެމީހަކަށް ދެއްވާހުށީމެވެ
116وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِن دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ
اللَّه، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ! اللَّه ފިޔަވައި، ތިމަންނާއާއި، ތިމަންގެ މައިކަނބަލުންނީ، ދެ إله ން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ބުނުމުގެ حق މިއަޅާޔަށް ލިބިގެންނުވާ ބަހެއްބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސްބުނިނަމަ، އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައި ވާކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައި ކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
117مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
އިބަރަސްކަލާނގެ، މިއަޅާއަށް أمر ކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެވެސް ވެރި، اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެއުރެންގެ ތެރޭގައި، މިއަޅާ ހުރިހައި ހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަރަސްކަލާނގެ، މިއަޅާ ގެންދެވިހިނދު، އެއުރެންގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި، އިބަރަސްކަލާނގެ ވޮޑިގެންވީމުއެވެ. އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ
118إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ
އެއުރެންނަށް، އިބަރަސްކަލާނގެ عذاب ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ
119قَالَ اللَّهُ هَٰذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ ۚ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ
اللَّه، وحى ކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުށްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. اللَّه، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ
އަލް-މާއިދާޤުރުއާން ފިހުރިސްތު
120އާޔަތް
MedinanRevelation
117އާޔަތް

ތަރުޖަމާ — އަލް-މާއިދާ 117

ސޫރަތު އަލް-މާއިދާ އާޔަތް 117 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އިބަރަސްކަލާނގެ، މިއަޅާއަށް أمر ކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ)…

ސޫރަތު އާޔަތް 117/120 — ސޫރަތު އަލް-މާއިދާ المائدة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މާއިދާ އަޑު އަހާ, ސޫރަތު އަލް-މާއިދާ ތަރުޖަމާ, ސޫރަތު އަލް-މާއިދާ mp3, ސޫރަތު އަލް-މާއިދާ pdf. އާޔަތް 115–119. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers