އަލް-އަންޢާމް · 24/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
انظُرْ كَيْفَ كَذَبُوا عَلَىٰ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ ۝٢٤
Unzur kaifa kazaboo `alaaa anfusihim, wa dalla `anhum maa kaanoo yaftaroon
📖 ދިވެހި މާނަ
އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން އުފައްދައި އުޅުނު ތަކެތި އެއުރެންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ

🎧 އަޑު އަހާ


📜 އާޔަތް 22-26 — އަލް-އަންޢާމް

22وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا أَيْنَ شُرَكَاؤُكُمُ الَّذِينَ كُنتُمْ تَزْعُمُونَ
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާދުވަސް (ހަނދުމަކުރާށެވެ!) ދެން، شريك ކުޅަ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން شريك ން ކަމުގައި ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
23ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّا أَن قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ
ދެން ތިމަންމެންގެ ވެރި اللَّه ގަންދީ ބުނަމުއޭ، شريك ކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ
24انظُرْ كَيْفَ كَذَبُوا عَلَىٰ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ
އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން އުފައްދައި އުޅުނު ތަކެތި އެއުރެންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ
25وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِن يَرَوْا كُلَّ آيَةٍ لَّا يُؤْمِنُوا بِهَا ۚ حَتَّىٰ إِذَا جَاءُوكَ يُجَادِلُونَكَ يَقُولُ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ
އަދި ކަލޭގެފާނަށް ކަނުލައިއަހާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށްޓަކައި، އެއުރެންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއްލެއްވީމެވެ. އަދި އެއުރެންނަށް ކޮންމެ آية އެއް ފެނުނަސް، އެއުރެން އެއަކަށް إيمان އެއް ނުވެތެވެ. އެހެންކަމާއެކު، އެއުރެން ކަލޭގެފާނާ جدل ކުރުމަށް ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެހިނދަކު كافر ވި މީހުން ބުނެތެވެ. ތިޔައީ އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ
26وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ
އަދި އެއުރެން އެ قرآن އަށް تبع ވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި އެއުރެން އެއިން ދުރުވެގަނެތެވެ. (އެކަމުން) އެއުރެންނަށް ނޭނގިތިބެ އަމިއްލަ نفس ތައް މެނުވީ އެއުރެން ހަލާކެއް ނުކުރެތެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
24އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 24

ސޫރަތު އަލް-އަންޢާމް އާޔަތް 24 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން…

ސޫރަތު އާޔަތް 24/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 22–26. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers