ޔޫނުސް · 10/109
ތަރުޖަމާ ކިޔެވުން — ސޫރަތު ޔޫނުސް
دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ ۚ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ۝١٠
Da`waahum feehaa Subbaanakal laahumma wa tahiyyatuhum feehaa salaam; wa aakhiru da`waahum anil hamdu lillaahi Rabbil `aalameen
📖 ދިވެހި މާނަ
އެތާނގައި، އެއުރެންގެ دعاء އަކީ [سبحانك اللّهم] އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއަށް އަޅަމެން تسبيح ދަންނަވަމެވެ. އަދި އެތާނގައި، އެއުރެންގެ تحيّة އަކީ، [سلام] އެވެ. އަދި އެއުރެންގެ دعاء ގެ ނިންމުމަކީ، [الحمد للَّه رب العالمين] އެވެ. حمد ހުރީ عالم ތަކުގެ ވެރި اللَّه އަށެވެ

🎧 އަޑު އަހާ


📜 އާޔަތް 8-12 — ސޫރަތު ޔޫނުސް

8أُولَٰئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ
ހަމަަށަވަރުން، ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށްރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެންތިބެ ތިމަންރަސްކަލާނގެ آية ތަކާމެދު غافل ވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުންނެވެ
9إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ يَهْدِيهِمْ رَبُّهُم بِإِيمَانِهِمْ ۖ تَجْرِي مِن تَحْتِهِمُ الْأَنْهَارُ فِي جَنَّاتِ النَّعِيمِ
ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް، އެއުރެންގެ إيمان ކަމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދައްކަވާނެތެވެ. نعمة ގެ ސުވަރުގެތަކުގައި، އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ
10دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ ۚ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
އެތާނގައި، އެއުރެންގެ دعاء އަކީ [سبحانك اللّهم] އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއަށް އަޅަމެން تسبيح ދަންނަވަމެވެ. އަދި އެތާނގައި، އެއުރެންގެ تحيّة އަކީ، [سلام] އެވެ. އަދި އެއުރެންގެ دعاء ގެ ނިންމުމަކީ، [الحمد للَّه رب العالمين] އެވެ. حمد ހުރީ عالم ތަކުގެ ވެރި اللَّه އަށެވެ
11۞ وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُم بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ
ހެޔޮކަމާއި، ثواب އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، اللَّه އެއުރެންނަށް ނުބަޔާއި، عقاب އަވަސްކޮށްދެއްވާނަމަ، އެއުރެންގެ أجل ޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (قيامة ދުވަހުން) ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ حال، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ
12وَإِذَا مَسَّ الْإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَىٰ ضُرٍّ مَّسَّهُ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ
އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރިި ކުރައްވާފައިވަނީ އެފަދައިންނެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
10އާޔަތް

ތަރުޖަމާ — ޔޫނުސް 10

ސޫރަތު ޔޫނުސް އާޔަތް 10 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެތާނގައި، އެއުރެންގެ دعاء އަކީ [سبحانك اللّهم] އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި…

ސޫރަތު އާޔަތް 10/109 — ސޫރަތު ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޔޫނުސް އަޑު އަހާ, ސޫރަތު ޔޫނުސް ތަރުޖަމާ, ސޫރަތު ޔޫނުސް mp3, ސޫރަތު ޔޫނުސް pdf. އާޔަތް 8–12. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers