ހޫދު · 33/123
ތަރުޖަމާ ކިޔެވުން — ހޫދު
قَالَ إِنَّمَا يَأْتِيكُم بِهِ اللَّهُ إِن شَاءَ وَمَا أَنتُم بِمُعْجِزِينَ ۝٣٣
Qaala innamaa yaateekum bihil laahu in shaaa`a wa maaa antum bimu`jizeen
📖 ދިވެހި މާނަ
އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه އެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ

🎧 އަޑު އަހާ


📜 އާޔަތް 31-35 — ހޫދު

31وَلَا أَقُولُ لَكُمْ عِندِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ إِنِّي مَلَكٌ وَلَا أَقُولُ لِلَّذِينَ تَزْدَرِي أَعْيُنُكُمْ لَن يُؤْتِيَهُمُ اللَّهُ خَيْرًا ۖ اللَّهُ أَعْلَمُ بِمَا فِي أَنفُسِهِمْ ۖ إِنِّي إِذًا لَّمِنَ الظَّالِمِينَ
އަދި اللَّه ގެ خزانة ތައް ތިމަންކަލޭގެފާނުގެ އަރިހުގައި ވެއެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް غيب އެއްވެސް އެނގިވަޑައެއް ނުގަނެތެވެ. އަދި ތިމަންކަލޭގެފާނީ، ملائكة އެކޭވެސް ވިދާޅެއް ނުވަމެވެ. އަދި ތިޔަބައިމީހުންގެ ލޯތަކުން، ނިކަމެތިކޮށްހިތާ މީހުންނާމެދު، އެއުރެންނަށް، އެއްވެސް ހެވެއް اللَّه ނުދެއްވާނެކަމަކަށްވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެއުރެންގެ ހިތްތަކުގައިވާ ކަންތައް، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، اللَّه އެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވިނަމަ) އެހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ
32قَالُوا يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ
އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމުއެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަކުރައްވައިފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ وعد ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ
33قَالَ إِنَّمَا يَأْتِيكُم بِهِ اللَّهُ إِن شَاءَ وَمَا أَنتُم بِمُعْجِزِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه އެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ
34وَلَا يَنفَعُكُمْ نُصْحِي إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ اللَّهُ يُرِيدُ أَن يُغْوِيَكُمْ ۚ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ
ތިޔަބައިމީހުން މަގުފުރެއްދެވުމަށް اللَّه އިރާދަކުރައްވާ ކަމުގައިވީނަމަ، ތިޔަބައިމީހުންނަށް نصيحة ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތަސް، ތިމަންކަލޭގެފާނުގެ نصيحة އަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
35أَمْ يَقُولُونَ افْتَرَاهُ ۖ قُلْ إِنِ افْتَرَيْتُهُ فَعَلَيَّ إِجْرَامِي وَأَنَا بَرِيءٌ مِّمَّا تُجْرِمُونَ
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެ قرآن އަމިއްލަފުޅަށް ހެއްދެވިނަމަ، ފަހެ، އެކަމުގެ ކުށް އޮތީ ތިމަންކަލޭގެފާނުގެ މައްޗަށެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ ކަންތަކުގެ ކުށުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
33އާޔަތް

ތަރުޖަމާ — ހޫދު 33

ސޫރަތު ހޫދު އާޔަތް 33 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه…

ސޫރަތު އާޔަތް 33/123 — ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ހޫދު އަޑު އަހާ, ހޫދު ތަރުޖަމާ, ހޫދު mp3, ހޫދު pdf. އާޔަތް 31–35. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers