އަރް-ރަޢްދު · 38/43
ތަރުޖަމާ ކިޔެވުން — އަރް-ރަޢްދު
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ ۝٣٨
Wa laqad arsalnaa Rusulam min qablika wa ja`alnaa lahum azwaajanw wa zurriyyah; wa maa kaana lirasoolin ai yaatiya bi aayatin illaa bi iznil laah; likulli ajalin kitaab
📖 ދިވެހި މާނަ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. އަދި اللَّه ގެ إذن ފުޅާ ލައިގެންމެނުވީ، އެއްވެސް معجزة އެއް ގެންނެވުމަކީ، އެއްވެސް رسول އަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ މުއްދަތަކަށްމެ ކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 36-40 — އަރް-ރަޢްދު

36وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَفْرَحُونَ بِمَا أُنزِلَ إِلَيْكَ ۖ وَمِنَ الْأَحْزَابِ مَن يُنكِرُ بَعْضَهُ ۚ قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّهَ وَلَا أُشْرِكَ بِهِ ۚ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ
ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެތެވެ. އަދި އޭގެ ބައެއް ތަކެއްޗާމެދު إنكار ކުރާ ބަޔަކު أحزاب ގެ ތެރެއިން (އެބަހީ: مشرك ންނާއި، ފޮތުގެ أهل ވެރިންކުރެ إيمان ނުވާ މީހުންގެ ތެރެއިން) ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވާކަން ކަށަވަރީ، اللَّه އަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް شريك ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިއުންވަނީ އެކަލާނގެ حضرة އަށެވެ
37وَكَذَٰلِكَ أَنزَلْنَاهُ حُكْمًا عَرَبِيًّا ۚ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَمَا جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِن وَلِيٍّ وَلَا وَاقٍ
އެފަދައިން عرب ބަހުންވާ حكم އެއްގެ ގޮތުގައި، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ކަލޭގެފާނާ ހަމައަށް އައި علم އަށްފަހު، އެއުރެންގެ އަމިއްލަ އެދުމަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަަ، اللَّه އާ ދެކޮޅަށް نصر ދޭނެ މީހަކުވެސް، އަދި عذاب ން ރައްކާތެރިކުރާނޭ މީހަކުވެސް ކަލޭގެފާނަކަށް ނުވެތެވެ
38وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. އަދި اللَّه ގެ إذن ފުޅާ ލައިގެންމެނުވީ، އެއްވެސް معجزة އެއް ގެންނެވުމަކީ، އެއްވެސް رسول އަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ މުއްދަތަކަށްމެ ކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ
39يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ ۖ وَعِندَهُ أُمُّ الْكِتَابِ
اللَّه، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ. އަދި އެކަލާނގެ حضرة ގައި، މައިފޮތް (އެބަހީ: اللوح المحفوظ) ވެއެވެ
40وَإِن مَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ
ތިމަންރަސްކަލާނގެ އެއުރެންނަށް وعد ކުރައްވާ ބައެއް ކަންތައް ކަލޭގެފާނަށް ދައްކަވާނަމަ، ނުވަތަ (އޭގެކުރިން) ކަލޭގެފާނުގެ ފުރާނަ ހިއްޕަވާނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ
އަރް-ރަޢްދުޤުރުއާން ފިހުރިސްތު
43އާޔަތް
MedinanRevelation
38އާޔަތް

ތަރުޖަމާ — އަރް-ރަޢްދު 38

ސޫރަތު އަރް-ރަޢްދު އާޔަތް 38 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި،…

ސޫރަތު އާޔަތް 38/43 — އަރް-ރަޢްދު الرعد (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަރް-ރަޢްދު އަޑު އަހާ, އަރް-ރަޢްދު ތަރުޖަމާ, އަރް-ރަޢްދު mp3, އަރް-ރަޢްދު pdf. އާޔަތް 36–40. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers