އަލް-އިސްރާއް · 98/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
ذَٰلِكَ جَزَاؤُهُم بِأَنَّهُمْ كَفَرُوا بِآيَاتِنَا وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ۝٩٨
Zaalika jazaa`uhum biannahum kafaroo bi aayaatinaa wa qaalooo `a izaa kunnaa `izaamanw wa rufaatan`a innaa lamaboosoona khalqan jadeedaa
📖 ދިވެހި މާނަ
އެއީ ތިމަންރަސްކަލާނގެ آية ތަކަށް އެއުރެން كافر ވި ކަމަށްޓަކައި އެއުރެންނަށް ހުރި ޖަޒާއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ވޭހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 96-100 — އަލް-އިސްރާއް

96قُلْ كَفَىٰ بِاللَّهِ شَهِيدًا بَيْنِي وَبَيْنَكُمْ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް اللَّه ފުދެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ
97وَمَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَاءَ مِن دُونِهِ ۖ وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَاهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا
اللَّه ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް محشر އަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރުބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ
98ذَٰلِكَ جَزَاؤُهُم بِأَنَّهُمْ كَفَرُوا بِآيَاتِنَا وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا
އެއީ ތިމަންރަސްކަލާނގެ آية ތަކަށް އެއުރެން كافر ވި ކަމަށްޓަކައި އެއުރެންނަށް ހުރި ޖަޒާއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ވޭހެއްޔެވެ؟
99۞ أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ قَادِرٌ عَلَىٰ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى الظَّالِمُونَ إِلَّا كُفُورًا
އުޑުތަކާއި، ބިން ހެއްދެވި اللَّه، އެއުރެންފަދަ ބަޔަކު ހެއްދެވުމަށް ކުޅަދުންވަންތަކަން، އެއުރެންނަކަށް ނޭނގޭހެއްޔެވެ؟ އެކަލާނގެ އެއުރެންނަށްވަނީ، ވަކިމުއްދަތެއް ކަނޑައަޅުއްވާފައެވެ. އެއާމެދަކު شك އެއްނެތެވެ. ފަހެ، އެ އަނިޔާވެރިވެގަތް މީހުން ދެކޮޅުވެރިކަމާއި، كافر ކަން މެނުވީ قبول އެއް ނުކުރެތެވެ
100قُل لَّوْ أَنتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الْإِنفَاقِ ۚ وَكَانَ الْإِنسَانُ قَتُورًا
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ގެ خزانة ތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (خرد ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
98އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 98

ސޫރަތު އަލް-އިސްރާއް އާޔަތް 98 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއީ ތިމަންރަސްކަލާނގެ آية ތަކަށް އެއުރެން كافر ވި ކަމަށްޓަކައި އެއުރެންނަށް ހުރި…

ސޫރަތު އާޔަތް 98/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 96–100. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers