މަރްޔަމް · 57/98
ތަރުޖަމާ ކިޔެވުން — މަރްޔަމް
وَرَفَعْنَاهُ مَكَانًا عَلِيًّا ۝٥٧
Wa rafa`naahu makaanan `aliyyaa
📖 ދިވެހި މާނަ
އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ
🎧 އަޑު އަހާ

📜 އާޔަތް 55-59 — މަރްޔަމް

55وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا
އަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ
56وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا
ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ
57وَرَفَعْنَاهُ مَكَانًا عَلِيًّا
އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ
58أُولَٰئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ مِن ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا ۚ إِذَا تُتْلَىٰ عَلَيْهِمْ آيَاتُ الرَّحْمَٰنِ خَرُّوا سُجَّدًا وَبُكِيًّا ۩
އެބޭކަލުންނަކީ، آدم ގެފާނުގެ ދަރިކޮޅުން ވަޑައިގަތް ނަބިއްޔުންކުރެ، އެބޭކަލުންގެ މައްޗަށް اللَّه نعمة ދެއްވި ބޭކަލުންނެވެ. އަދި ތިމަންރަސްކަލާނގެ، نوح ގެފާނާއެކުގައި (ނަވުގައި) އުފުއްލެވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އަދި إبراهيم ގެފާނާއި إسـرآءيـل ގެފާނުގެ ދަރިކޮޅުންވާ ބަޔެކެވެ. އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި، خيار ކުރެއްވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އެބޭކަލުންގެ މައްޗަށް رحمن ވަންތަ ރަސްކަލާނގެ آية ތައް ކިޔެވޭހިނދު، އެބޭކަލުން ކީރިތިކުރައްވަމުން سجدة އަށް ތިރިވެވަޑައިގަންނަވަތެވެ
59۞ فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا
ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ
މަރްޔަމްޤުރުއާން ފިހުރިސްތު
98އާޔަތް
MeccanRevelation
57އާޔަތް

ތަރުޖަމާ — މަރްޔަމް 57

ސޫރަތު މަރްޔަމް އާޔަތް 57 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ

ސޫރަތު އާޔަތް 57/98 — މަރްޔަމް مريم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: މަރްޔަމް އަޑު އަހާ, މަރްޔަމް ތަރުޖަމާ, މަރްޔަމް mp3, މަރްޔަމް pdf. އާޔަތް 55–59. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers