ޠާހާ · 114/135
ތަރުޖަމާ ކިޔެވުން — ޠާހާ
فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۗ وَلَا تَعْجَلْ بِالْقُرْآنِ مِن قَبْلِ أَن يُقْضَىٰ إِلَيْكَ وَحْيُهُ ۖ وَقُل رَّبِّ زِدْنِي عِلْمًا ۝١١٤
Fata`aalal laahul Malikul Haqq; wa laa ta`jal bil Quraani min qabli ai yuqdaaa ilaika wahyuhoo wa qur Rabbi zidnee `ilmaa
📖 ދިވެހި މާނަ
ފަހެ، ރަސްވަންތަ، حق ވަންތަ اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް وحى ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ قرآن ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ
🎧 އަޑު އަހާ

📜 އާޔަތް 112-116 — ޠާހާ

112وَمَن يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا
އަދި مؤمن އަކު ކަމުގައިވާ حال، صالح عمل ތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި حق އެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ
113وَكَذَٰلِكَ أَنزَلْنَاهُ قُرْآنًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ الْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا
އަދި ހަމައެފަދައިން، عرب ބަހުންވާ قرآن އެއްކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. އަދި އެ ފޮތުގައި ތިމަންރަސްކަލާނގެ وعيد ތައް تفصيل ކޮށް بيان ކުރެއްވީމެވެ. (އެއީ) އެއުރެން ބިރުވެތިވެ، تقوى ވެރިވުމަށްޓަކައެވެ. ނުވަތަ އެއުރެންނަށް ހަނދާންކޮށްދީ، عبرة ލިބިދިނުމަށެވެ
114فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۗ وَلَا تَعْجَلْ بِالْقُرْآنِ مِن قَبْلِ أَن يُقْضَىٰ إِلَيْكَ وَحْيُهُ ۖ وَقُل رَّبِّ زِدْنِي عِلْمًا
ފަހެ، ރަސްވަންތަ، حق ވަންތަ اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް وحى ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ قرآن ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ
115وَلَقَدْ عَهِدْنَا إِلَىٰ آدَمَ مِن قَبْلُ فَنَسِيَ وَلَمْ نَجِدْ لَهُ عَزْمًا
ހަމަކަށަވަރުން، މީގެކުރިން ތިމަންރަސްކަލާނގެ آدم ގެފާނަށް وصيّة ކުރައްވައި، عهد ހިއްޕެވީމެވެ. ފަހެ، އެކަލޭގެފާނު (އެ عهد) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް عزم އަކާއި، ثابت ކަމެއް ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ
116وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ
آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ
ޠާހާޤުރުއާން ފިހުރިސްތު
135އާޔަތް
MeccanRevelation
114އާޔަތް

ތަރުޖަމާ — ޠާހާ 114

ސޫރަތު ޠާހާ އާޔަތް 114 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، ރަސްވަންތަ، حق ވަންތަ اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް وحى ބާވައިލައްވައި…

ސޫރަތު އާޔަތް 114/135 — ޠާހާ طه (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޠާހާ އަޑު އަހާ, ޠާހާ ތަރުޖަމާ, ޠާހާ mp3, ޠާހާ pdf. އާޔަތް 112–116. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers