އަން-ނަމްލު · 66/93
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަމްލު
بَلِ ادَّارَكَ عِلْمُهُمْ فِي الْآخِرَةِ ۚ بَلْ هُمْ فِي شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ ۝٦٦
Balid daaraka `ilmuhum fil Aakhirah; bal hum fee shakkim minhaa bal hum minhaa `amoon
📖 ދިވެހި މާނަ
އަދި ކިއެއްތަ! آخرة އާ ހަމަޔަށް އެއުރެންގެ علم ފޯރީހެއްޔެވެ؟ އަދި ކިއެއްތަ! އެދުވަހާމެދުގައި އެއުރެންވަނީ شك ކަމެއްގައެވެ. އަދި ކިއެއްތަ؟ އެދުވަހާމެދު އެއުރެންވަނީ ކަނުބަޔަކު ކަމުގައެވެ

🎧 އަޑު އަހާ


📜 އާޔަތް 64-68 — ސޫރަތު އަން-ނަމްލު

64أَمَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَمَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ
ނުވަތަ (ނެތުމުގެތެރޭން) خلق ތަކުން އަލަށް އުފައްދަވައި، ދެން އެ ތަކެތި އަލުން إعادة ކުރައްވައި، އަދި އުޑާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ތިޔަބައިމީހުންގެ دليل ތިޔަބައިމީހުން ގެނެސްބަލާށެވެ
65قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ
66بَلِ ادَّارَكَ عِلْمُهُمْ فِي الْآخِرَةِ ۚ بَلْ هُمْ فِي شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ
އަދި ކިއެއްތަ! آخرة އާ ހަމަޔަށް އެއުރެންގެ علم ފޯރީހެއްޔެވެ؟ އަދި ކިއެއްތަ! އެދުވަހާމެދުގައި އެއުރެންވަނީ شك ކަމެއްގައެވެ. އަދި ކިއެއްތަ؟ އެދުވަހާމެދު އެއުރެންވަނީ ކަނުބަޔަކު ކަމުގައެވެ
67وَقَالَ الَّذِينَ كَفَرُوا أَإِذَا كُنَّا تُرَابًا وَآبَاؤُنَا أَئِنَّا لَمُخْرَجُونَ
كافر ވި މީހުން ބުނެފޫއެވެ. ތިމަންމެންނާ، ތިމަންމެންގެ ކާބަފައިން (މަރުވެ) ވެއްޔަށް ވެދާހިނދު، ހަމަކަށަވަރުން، ތިމަންމެންނީ އަލުން (ދިރުއްވައި) ނެރުއްވާނޭ ބަޔެއް ހެއްޔެވެ؟
68لَقَدْ وُعِدْنَا هَٰذَا نَحْنُ وَآبَاؤُنَا مِن قَبْلُ إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ
ހަމަށަވަރުން، ތިމަންމެންނާއި، ތިމަންމެންގެ ކާބަފައިންނަށް މީގެކުރިންވެސް މިކަންތައް وعد ކުރައްވާފައިވެއެވެ. އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެއް ކަމުގައިމެނުވީ މިކަންތައް ނުވެއެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
66އާޔަތް

ތަރުޖަމާ — އަން-ނަމްލު 66

ސޫރަތު އަން-ނަމްލު އާޔަތް 66 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކިއެއްތަ! آخرة އާ ހަމަޔަށް އެއުރެންގެ علم ފޯރީހެއްޔެވެ؟ އަދި ކިއެއްތަ!…

ސޫރަތު އާޔަތް 66/93 — ސޫރަތު އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަމްލު އަޑު އަހާ, ސޫރަތު އަން-ނަމްލު ތަރުޖަމާ, ސޫރަތު އަން-ނަމްލު mp3, ސޫރަތު އަން-ނަމްލު pdf. އާޔަތް 64–68. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers