އާލު-ޢިމްރާން · 25/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ٢٥
Transliteration
Fakaifa izaa jama`naahum li Yawmil laa raiba fee wa wuffiyat kullu nafsim maa kasabat wa hum laa yuzlamoon
ތަރުޖަމާ (ދިވެހި މާނަ)
📖 ދިވެހި މާނަ
ފަހެ، އެދުވަހާމެދު شك ކަމެއްނެތް ދުވަހަކުން (އެބަހީ: قيامة ދުވަހުން) ތިމަންރަސްކަލާނގެ އެއުރެން އެއްކުރައްވައި އެއުރެންނަށް ބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭހިނދު، އެއުރެން (ގެ حال) ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟
Additional reference in සිංහල
🎧 އަޑު އަހާ
📜 އާޔަތް 23-27 — އާލު-ޢިމްރާން
23أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُدْعَوْنَ إِلَىٰ كِتَابِ اللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ
ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّه ގެ ފޮތުގައިވާގޮތަށް، حكم ކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
24ذَٰلِكَ بِأَنَّهُمْ قَالُوا لَن تَمَسَّنَا النَّارُ إِلَّا أَيَّامًا مَّعْدُودَاتٍ ۖ وَغَرَّهُمْ فِي دِينِهِم مَّا كَانُوا يَفْتَرُونَ
އެއީ ގުނާލެވިގެންވާ ކުޑަދުވަސްކޮޅަކު މެނުވީ، ތިމަންމެންގައި ނަރަކައިގެ އަލިފާން ނުބީހޭނެޔޭ އެއުރެން ބުނެ އުޅުނުކަމުގެ ސަބަބުންނެވެ. އަދި އެއުރެން ދޮގުން އުފައްދާފައިވާ ބަސްތައް އެއުރެންގެ دين އާ މެދުގައި އެއުރެން ހެއްލުންތެރި ކުޅައެވެ
25فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
ފަހެ، އެދުވަހާމެދު شك ކަމެއްނެތް ދުވަހަކުން (އެބަހީ: قيامة ދުވަހުން) ތިމަންރަސްކަލާނގެ އެއުރެން އެއްކުރައްވައި އެއުރެންނަށް ބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭހިނދު، އެއުރެން (ގެ حال) ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟
26قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
27تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ ۖ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ ۖ وَتَرْزُقُ مَن تَشَاءُ بِغَيْرِ حِسَابٍ
އިބަރަސްކަލާނގެ، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ. އަދި، މަރުވެފައިވާ ތަކެތީން ދިރޭތަކެތި ނެރުއްވަމުއެވެ. އަދި، ދިރޭތަކެތީން މަރުވެފައިވާ ތަކެތި ނެރުއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް حساب އެއްނެތި رزق ދެއްވަމުއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
25އާޔަތް
ތަރުޖަމާ — އާލު-ޢިމްރާން 25
ސޫރަތު އާލު-ޢިމްރާން އާޔަތް 25 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެދުވަހާމެދު شك ކަމެއްނެތް ދުވަހަކުން (އެބަހީ: قيامة ދުވަހުން) ތިމަންރަސްކަލާނގެ އެއުރެން…ސޫރަތު އާޔަތް 25/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 23–27. ދިވެހި މާނަ: සිංහල.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers








