އާލު-ޢިމްރާން · 83/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
أَفَغَيْرَ دِينِ اللَّهِ يَبْغُونَ وَلَهُ أَسْلَمَ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ ۝٨٣
Afaghaira deenil laahi yabghoona wa lahooo aslama man fis samaawaati wal ardi taw`anw wa karhanw wa ilaihi yurja`oon
📖 ދިވެހި މާނަ
އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެއުރެން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ اللَّه ގެ دين ފިޔަވައި އެހެން دين އެއް ހެއްޔެވެ؟ އަދި، އެއުރެން އެނބުރި رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
🎧 އަޑު އަހާ

📜 އާޔަތް 81-85 — އާލު-ޢިމްރާން

81وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ
ނަބިއްޔުންގެ ކިބައިން، اللَّه ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރާށެވެ! އެހިނދު اللَّه އެންގެވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ފޮތާއި حكمة ދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދުކުރައްވާ رسول އަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް إيمان ވާ ހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން نصر ދޭހުށިކަމެވެ! އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބޭކަލުން إقرار ވެ، އެކަމުގެ މައްޗަށް ތިމަންރަސްކަލާނގެއަށް ކަށަވަރުވެގެންވާ عهد ހިފައިފީމުހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އަޅަމެން إقرار ވެއްޖައީމުއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވާށެވެ! ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ
82فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ
ދެން، އެއަށްފަހު (އެ عهد އުވާލައި) ފުރަގަސްދީފި މީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނަކީ ހަމަ فاسق ންނެވެ
83أَفَغَيْرَ دِينِ اللَّهِ يَبْغُونَ وَلَهُ أَسْلَمَ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެއުރެން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ اللَّه ގެ دين ފިޔަވައި އެހެން دين އެއް ހެއްޔެވެ؟ އަދި، އެއުރެން އެނބުރި رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
84قُلْ آمَنَّا بِاللَّهِ وَمَا أُنزِلَ عَلَيْنَا وَمَا أُنزِلَ عَلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَالنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން اللَّه އަށާއި، އަދި ތިމަންމެންގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް إيمان ވެއްޖައީމުއެވެ. އަދި، إبراهيم ގެފާނާއި، إسماعيل ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނާއި، އެކަލޭގެފާނުގެ ދަރިކޮޅަށް ބާވައިލެއްވި އެއްޗަކަށާއި، موسى ގެފާނާއި، عيسى ގެފާނާއި، އެނޫންވެސް ނަބީބޭކަލުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވި އެއްޗަކަށްވެސްމެއެވެ. އެބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކާ މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި، ތިމަންމެންވަނީ އެކަލާނގެޔަށް ބޯލަނބައި ކިޔަމަންވެގެންނެވެ
85وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ
دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
83އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 83

ސޫރަތު އާލު-ޢިމްރާން އާޔަތް 83 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެއުރެން (އެބަހީ: އެނބުރި…

ސޫރަތު އާޔަތް 83/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 81–85. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers