ސަބައް · 22/54
ތަރުޖަމާ ކިޔެވުން — ސޫރަތު ސަބައް
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ ۝٢٢
Qulid `ul lazeena za`amtum min doonil laahi laa yamlikoona misqaala zarratin fissamaawaati wa laa fil ardi wa maa lahum feehimaa min shirkinw wa maa lahoo minhum min zaheer
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّ އެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ

🎧 އަޑު އަހާ


📜 އާޔަތް 20-24 — ސޫރަތު ސަބައް

20وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ
ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليس އާ تبع ވޫއެވެ
21وَمَا كَانَ لَهُ عَلَيْهِم مِّن سُلْطَانٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِالْآخِرَةِ مِمَّنْ هُوَ مِنْهَا فِي شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَيْءٍ حَفِيظٌ
އަދި آخرة އަށް إيمان ވާ މީހުންނާއި، آخرة އާމެދު شك ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެކަން ހާމަކުރެއްވުމަށްޓަކައިމެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ إبليس އަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
22قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّ އެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ
23وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ
އަދި އެމީހަކަށް އެކަލާނގެ إذن ދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ حضرة ގައި شفاعة ތެރިކަމުން މަންފާއެއް ނުކުރާނެތެވެ. އެއުރެންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާނދެނެވެ. (އެހިނދު) އެއުރެން (އެކަކުއަނެކަކަށް) ބުނާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވީ ކީކޭހެއްޔެވެ؟ އެއުރެން (އެކަކު އަނެކަކަށް) ބުނާނެތެވެ. (އެކަލާނގެ وحى ކުރެއްވީ) حق ބަސްފުޅެވެ. އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ عظمة ތެރި ރަސްކަލާނގެއެވެ
24۞ قُلْ مَن يَرْزُقُكُم مِّنَ السَّمَاوَاتِ وَالْأَرْضِ ۖ قُلِ اللَّهُ ۖ وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (رزق ދެއްވަނީ) اللَّه އެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
22އާޔަތް

ތަރުޖަމާ — ސަބައް 22

ސޫރަތު ސަބައް އާޔަތް 22 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން…

ސޫރަތު އާޔަތް 22/54 — ސޫރަތު ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ސަބައް އަޑު އަހާ, ސޫރަތު ސަބައް ތަރުޖަމާ, ސޫރަތު ސަބައް mp3, ސޫރަތު ސަބައް pdf. އާޔަތް 20–24. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers