އަން-ނިސާއް · 109/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
هَا أَنتُمْ هَٰؤُلَاءِ جَادَلْتُمْ عَنْهُمْ فِي الْحَيَاةِ الدُّنْيَا فَمَن يُجَادِلُ اللَّهَ عَنْهُمْ يَوْمَ الْقِيَامَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا ۝١٠٩
haaa antum haaa`ulaaa`i jaadaltum `anhum fil hayaatid dunyaa famai yujaadilul laaha `anhum Yawmal Qiyaamati am mai yakoonu `alaihim wakeelaa
📖 ދިވެހި މާނަ
ދުނިޔޭގެ حياة ގައި އެއުރެންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. قيامة ދުވަހުން އެއުރެންގެ ފަރާތުން اللَّه އާ جدل ކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެއުރެންގެ ކަންތަކާ حوال ވެ دفاع ކުރާނޭ وكيل އަކަށްވާނީ ފަހެ ކާކުހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 107-111 — އަން-ނިސާއް

107وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ اللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا
އެއުރެންގެ އަމިއްލަ نفس ތަކަށް خيانة ތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
108يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ الْقَوْلِ ۚ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا
އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު، اللَّه ގެ حضرة އަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ. އެކަލާނގެ ރުހިވޮޑިގެންނުވާ ބަސްތައް، އެއުރެން ވަންހަނާގައި تدبير ކޮށް އުޅޭހިނދު، އެއުރެންނާ އެކުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއުރެން ކުރާ عمل ތައް، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
109هَا أَنتُمْ هَٰؤُلَاءِ جَادَلْتُمْ عَنْهُمْ فِي الْحَيَاةِ الدُّنْيَا فَمَن يُجَادِلُ اللَّهَ عَنْهُمْ يَوْمَ الْقِيَامَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا
ދުނިޔޭގެ حياة ގައި އެއުރެންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. قيامة ދުވަހުން އެއުރެންގެ ފަރާތުން اللَّه އާ جدل ކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެއުރެންގެ ކަންތަކާ حوال ވެ دفاع ކުރާނޭ وكيل އަކަށްވާނީ ފަހެ ކާކުހެއްޔެވެ؟
110وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا
ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفس އަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّه ގެ حضرة އަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ
111وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا
އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس ގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
109އާޔަތް

ތަރުޖަމާ — އަން-ނިސާއް 109

ސޫރަތު އަން-ނިސާއް އާޔަތް 109 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދުނިޔޭގެ حياة ގައި އެއުރެންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. قيامة…

ސޫރަތު އާޔަތް 109/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 107–111. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers