އަން-ނިސާއް · 158/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا ۝١٥٨
Bar rafa`ahul laahu ilayh; wa kaanal laahu `Azeezan Hakeemaa
📖 ދިވެހި މާނަ
އަދި ކިއެއްތަ! اللَّه، އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 156-160 — އަން-ނިސާއް

156وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَانًا عَظِيمًا
އަދި، އެއުރެން كافر ވުމުގެ ސަބަބުންނާއި، އަދި އެއުރެން مريم ގެފާނުގެ މައްޗަށް ބޮޑުވެގެންވާ بهتان ދޮގެއް ބުނުމުގެ ސަބަބުންމެއެވެ
157وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا
އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ
158بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا
އަދި ކިއެއްތަ! اللَّه، އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
159وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا
އެމީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް إيمان ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ أهل ވެރިންގެ ތެރެއިން އެކަކުވެސް ނުވެތެވެ. އަދި، قيامة ދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެތެވެ
160فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللَّهِ كَثِيرًا
يهودى ން ކަމުގައިވީ މީހުންނަށް حلال ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން اللَّه ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
158އާޔަތް

ތަރުޖަމާ — އަން-ނިސާއް 158

ސޫރަތު އަން-ނިސާއް އާޔަތް 158 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކިއެއްތަ! اللَّه، އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ،…

ސޫރަތު އާޔަތް 158/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 156–160. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers