އަން-ނިސާއް · 162/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
لَّٰكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ ۚ وَالْمُقِيمِينَ الصَّلَاةَ ۚ وَالْمُؤْتُونَ الزَّكَاةَ وَالْمُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أُولَٰئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا ۝١٦٢
Laakinir raasikhoona fil`ilmi minhum walmu`minoona yu`minoona bimaaa unzila ilaika wa maaa unzila min qablika walmuqeemeenas Salaata walmu`toonaz Zakaata walmu `minoona billaahi wal yawmil Aakhir; ulaaa`ika sanu`teehim ajran `azeemaa
📖 ދިވެހި މާނަ
އެހެނެއްކަމަކު އެއުރެންގެތެރެއިން علم ވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި، مؤمن ން ކަލޭގެފާނަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި ފޮތްތަކަށް إيمان ވެެއެވެ. (އެއުރެންނާއި) އަދި خاص ކޮށް ނަމާދު قائم ކުރާ މީހުންނާއި، زكاة ދޭ މީހުންނާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ
🎧 އަޑު އަހާ

📜 އާޔަތް 160-164 — އަން-ނިސާއް

160فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللَّهِ كَثِيرًا
يهودى ން ކަމުގައިވީ މީހުންނަށް حلال ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން اللَّه ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ
161وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ ۚ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَابًا أَلِيمًا
އަދި، އެއުރެންނަށް އެކަންތައް ނަހީކުރައްވާފައިވާ حال ގައި، އެއުރެން رِبا ހިިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް باطل ގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ. އެއުރެންގެ ތެރެއިން كافر ކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ
162لَّٰكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ ۚ وَالْمُقِيمِينَ الصَّلَاةَ ۚ وَالْمُؤْتُونَ الزَّكَاةَ وَالْمُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أُولَٰئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا
އެހެނެއްކަމަކު އެއުރެންގެތެރެއިން علم ވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި، مؤمن ން ކަލޭގެފާނަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި ފޮތްތަކަށް إيمان ވެެއެވެ. (އެއުރެންނާއި) އަދި خاص ކޮށް ނަމާދު قائم ކުރާ މީހުންނާއި، زكاة ދޭ މީހުންނާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ
163۞ إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا
نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ
164وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا
ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
162އާޔަތް

ތަރުޖަމާ — އަން-ނިސާއް 162

ސޫރަތު އަން-ނިސާއް އާޔަތް 162 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެހެނެއްކަމަކު އެއުރެންގެތެރެއިން علم ވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި، مؤمن ން ކަލޭގެފާނަށް…

ސޫރަތު އާޔަތް 162/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 160–164. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers