އަލް-އަންޢާމް · 117/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ ۝١١٧
Inna rabbaka Huwa a`lamu mai yadillu `an sabeelihee wa Huwa a`lamu bilmuhtadeen
📖 ދިވެހި މާނަ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ، ހަމަ އެކަލާނގެއެވެ. އަދި ތެދުމަގު ލިބިގަންނަ މީހުން، އެންމެބޮޑަށް ދެނެވޮޑިގެންވަނީވެސް، ހަމަ އެކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 115-119 — އަލް-އަންޢާމް

115وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު ތެދުވެރިކަމާއި، عدل ވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ كلمة ފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
116وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ
އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ تبع އެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ
117إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ، ހަމަ އެކަލާނގެއެވެ. އަދި ތެދުމަގު ލިބިގަންނަ މީހުން، އެންމެބޮޑަށް ދެނެވޮޑިގެންވަނީވެސް، ހަމަ އެކަލާނގެއެވެ
118فَكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِن كُنتُم بِآيَاتِهِ مُؤْمِنِينَ
ތިޔަބައިމީހުން، އެކަލާނގެ آية ތަކަށް إيمان ވާ ކަމުގައިވަނީނަމަ، އެ އެއްޗެއްގެ މައްޗަށް اللَّه ގެ اسم ފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ: اللَّه ގެ اسم ފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ
119وَمَا لَكُمْ أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَائِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِالْمُعْتَدِينَ
ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ حرام ކުރެއްވި ތަކެތި، تفصيل ކޮށް ބަޔާންކޮށްދެއްވާފައިވާއިރު، އެއެއްޗެއްގެ މައްޗަށް اللَّه ގެ اسم ފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެންހެއްޔެވެެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ވަރަށް ގިނަމީހުން ނުދެނެތިބެ، އެއުރެންގެ އަމިއްލަ އެދުންތަކުން (މީހުން) މަގުފުރައްދަތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހައްދުފަހަނަޅައިދާ މީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
117އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 117

ސޫރަތު އަލް-އަންޢާމް އާޔަތް 117 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ،…

ސޫރަތު އާޔަތް 117/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 115–119. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers