އަލް-އަންޢާމް · 90/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَالَمِينَ ۝٩٠
Ulaaa`ikal lazeena hadal laahu fabihudaahumuq tadih; qul laaa as`alukum `alaihi ajran in huwa illaa zikraa lil `aalameen
📖 ދިވެހި މާނަ
އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަަލުންގެ ތެދުމަގާ ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ގެ މައްޗަށް އުޖޫރައެއް ދިނުމަކަށް، ތިޔަބައިމީހުންގެ ކިބަޔަކުން އަހުރެން ނޭދެމެވެ. އެ قرآن އަކީ، عالم ތަކަށްވާ ހަނދާން ކޮށްދިނުމެއް ކަމުގައި މެނުވީ ނުވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 88-92 — އަލް-އަންޢާމް

88ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ
އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވަތެވެ. އެބޭކަލުންވެސް (اللَّه އަށް) شريك ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި عمل ތައް باطل ވީހެވެ
89أُولَٰئِكَ الَّذِينَ آتَيْنَاهُمُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَٰؤُلَاءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا بِهَا بِكَافِرِينَ
އެބޭކަލުންނަކީ، ތިމަންރަސްކަލާނގެ އެބޭކަލުންނަށް ފޮތާއި، حكمة އާއި، ނަބީކަންދެއްވި ބޭކަލުންނެވެ. މިތިބަމީހުން އެކަންތަކަށް كافر ވާނަމަ، އެކަންތައްތަކަށް كافر ނުވާނެ ބަޔަކާ އެކަންތައް حوال ކުރައްވައިފާހުށީމެވެ
90أُولَٰئِكَ الَّذِينَ هَدَى اللَّهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَالَمِينَ
އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަަލުންގެ ތެދުމަގާ ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ގެ މައްޗަށް އުޖޫރައެއް ދިނުމަކަށް، ތިޔަބައިމީހުންގެ ކިބަޔަކުން އަހުރެން ނޭދެމެވެ. އެ قرآن އަކީ، عالم ތަކަށްވާ ހަނދާން ކޮށްދިނުމެއް ކަމުގައި މެނުވީ ނުވެއެވެ
91وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قَالُوا مَا أَنزَلَ اللَّهُ عَلَىٰ بَشَرٍ مِّن شَيْءٍ ۗ قُلْ مَنْ أَنزَلَ الْكِتَابَ الَّذِي جَاءَ بِهِ مُوسَىٰ نُورًا وَهُدًى لِّلنَّاسِ ۖ تَجْعَلُونَهُ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا ۖ وَعُلِّمْتُم مَّا لَمْ تَعْلَمُوا أَنتُمْ وَلَا آبَاؤُكُمْ ۖ قُلِ اللَّهُ ۖ ثُمَّ ذَرْهُمْ فِي خَوْضِهِمْ يَلْعَبُونَ
اللّه އަށް قدر ކުރުން حق ވެގެންވާ ގޮތުގައި އެއުރެން (އެބަހީ: يهودى ން) އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އެހެނީ، އެއުރެންބުނީ، آدم ގެދަރިޔަކަށް اللَّه އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، هداية އެއް ކަމުގައި، موسى ގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެެ؟ ތިޔަބައިމީހުން އެފޮތް ހަދައިގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ކާބަފައިންނަށްވެސް އެނގިފައިނުވާ ތަކެތި (قرآن ން) ތިޔަބައިމީހުންނަށް ވަނީ އަންގަވައި ދެއްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (އެތަކެތި ބާވައިލެއްވީ) اللّه އެވެ. ދެން އެއުރެންގެ باطل ވާހަކަތަކުގެ ތެރޭގައި ކުޅެކުޅެ ތިބެން އެއުރެން ދޫކޮށްލައްވާށެވެ
92وَهَٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا ۚ وَالَّذِينَ يُؤْمِنُونَ بِالْآخِرَةِ يُؤْمِنُونَ بِهِ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
މި قرآن އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި آخرة ދުވަހަށް إيمان ވާ މީހުން އެ ފޮތަށް إيمان ވާނެތެވެ. އަދި އެއުރެން އެއުރެންގެ ނަމާދަށް ރައްކާތެރިވާނެތެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
90އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 90

ސޫރަތު އަލް-އަންޢާމް އާޔަތް 90 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަަލުންގެ ތެދުމަގާ ކަލޭގެފާނު تبع…

ސޫރަތު އާޔަތް 90/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 88–92. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers