ހޫދު · 69/123
ތަރުޖަމާ ކިޔެވުން — ހޫދު
وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ ۝٦٩
Wa laqad jaaa`at Rusulunaaa Ibraaheema bilbushraa qaaloo salaaman qaala salaamun famaa labisa an jaaa`a bi`ijin haneez
📖 ދިވެހި މާނަ
އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ خبر އާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި رسول ން (އެބަހީ: ملائكة ން) إبراهيم ގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވޫއެވެ. سلام އެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. سلام އެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ
🎧 އަޑު އަހާ

📜 އާޔަތް 67-71 — ހޫދު

67وَأَخَذَ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ
އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތިގެދޮރުގައި، އެއުރެން ތިބީ، ކަކޫ މައްޗަށް ތިރިވެ، މަރުވެފައެވެ
68كَأَن لَّمْ يَغْنَوْا فِيهَا ۗ أَلَا إِنَّ ثَمُودَ كَفَرُوا رَبَّهُمْ ۗ أَلَا بُعْدًا لِّثَمُودَ
އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! ހަމަކަށަވަރުން، ثمود ބާގައިމީހުން، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވޫއެވެ. ދަންނާށެވެ! ثمود ބާގައިމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ
69وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ
އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ خبر އާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި رسول ން (އެބަހީ: ملائكة ން) إبراهيم ގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވޫއެވެ. سلام އެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. سلام އެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ
70فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ
ފަހެ، އެބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާ ހަމަޔަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާމެދު إنكار ކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ފޮނުއްވީ، لوط ގެފާނުގެ قوم އަށެވެ
71وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ
އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނެކަމާއި، إسحاق ގެފާނުގެ ފަހަތްޕުޅުން يعقوب ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
69އާޔަތް

ތަރުޖަމާ — ހޫދު 69

ސޫރަތު ހޫދު އާޔަތް 69 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ خبر އާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި رسول ން (އެބަހީ:…

ސޫރަތު އާޔަތް 69/123 — ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ހޫދު އަޑު އަހާ, ހޫދު ތަރުޖަމާ, ހޫދު mp3, ހޫދު pdf. އާޔަތް 67–71. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers