ޔޫސުފް · 69/111
ތަރުޖަމާ ކިޔެވުން — ޔޫސުފް
وَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَخَاهُ ۖ قَالَ إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ ۝٦٩
Wa lammaa dakhaloo `alaa Yoosufa aawaaa ilaihi akhaahu qaala inneee ana akhooka falaa tabta`is bimaa kaanoo ya`maloon
📖 ދިވެހި މާނަ
އަދި يوسف ގެފާނުގެ އަރިހަށް އެއުރެން ވަނުމުން، އެކަލޭގެފާނުގެ أخ އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއީ، ތިބާގެ أخ އާއެވެ. ފަހެ، އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ
🎧 އަޑު އަހާ

📜 އާޔަތް 67-71 — ޔޫސުފް

67وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ
68وَلَمَّا دَخَلُوا مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِي عَنْهُم مِّنَ اللَّهِ مِن شَيْءٍ إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا ۚ وَإِنَّهُ لَذُو عِلْمٍ لِّمَا عَلَّمْنَاهُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
އަދި އެއުރެންގެ ބައްޕާ أمر ކުރެއްވިގޮތަށް، އެއުރެންގޮސް ވަންހިނދު އެކަލޭގެފާނަކަށް اللَّه ގެ حضرة ން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެއްވުނެވެ. ހަމައެކަނި، يعقوب ގެފާނުގެ ހިތްޕުޅުގައިއޮތް ބޭނުމެއް މެނުވީ ނުފުދެތެވެ. (އެއީ يعقوب ގެފާނު ވިދާޅުވިގޮތަށް އެއުރެން އެކަން ކުރުމެވެ.) އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވި އެއްޗެއް ރަނގަޅަށް ދެނެހުންނެވި ބޭކަލެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ
69وَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَخَاهُ ۖ قَالَ إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ
އަދި يوسف ގެފާނުގެ އަރިހަށް އެއުރެން ވަނުމުން، އެކަލޭގެފާނުގެ أخ އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއީ، ތިބާގެ أخ އާއެވެ. ފަހެ، އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ
70فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ السِّقَايَةَ فِي رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا الْعِيرُ إِنَّكُمْ لَسَارِقُونَ
ފަހެ، އެކަލޭގެފާނު އެއުރެންގެ ސާމާނު ތައްޔާރުކޮށްދެއްވިހިނދު (މިނެހެދުމަށް ގެންގުޅޭ) سقاية، އޭނާގެ أخ ގެ ތަކެތީގެ ތެރެއަށް ލެއްވިއެވެ. ދެން ގޮވައި އަންގާ މީހަކު ގޮވިއެވެ. އޭ قافلة ގެ މީހުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވައްކަންކުރާ ބަޔެކެވެ
71قَالُوا وَأَقْبَلُوا عَلَيْهِم مَّاذَا تَفْقِدُونَ
އެއުރެން އެއުރެންނާ ކުރިމަތިލައި އައިސް ބުނެފޫއެވެ. ތިޔަބައިމީހުން ގެއްލިގެންތިޔަ އުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟
ޔޫސުފްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
69އާޔަތް

ތަރުޖަމާ — ޔޫސުފް 69

ސޫރަތު ޔޫސުފް އާޔަތް 69 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި يوسف ގެފާނުގެ އަރިހަށް އެއުރެން ވަނުމުން، އެކަލޭގެފާނުގެ أخ އެކަލޭގެފާނުގެ އަރިހަށް…

ސޫރަތު އާޔަތް 69/111 — ޔޫސުފް يوسف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫސުފް އަޑު އަހާ, ޔޫސުފް ތަރުޖަމާ, ޔޫސުފް mp3, ޔޫސުފް pdf. އާޔަތް 67–71. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers