އަން-ނަޙްލު · 47/128
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަޙްލު
أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ ۝٤٧
Aw yaakhuzahum `alaa takhawwuf; fa inna Rabbakum la Ra`oofur Raheem
📖 ދިވެހި މާނަ
ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 45-49 — ސޫރަތު އަން-ނަޙްލު

45أَفَأَمِنَ الَّذِينَ مَكَرُوا السَّيِّئَاتِ أَن يَخْسِفَ اللَّهُ بِهِمُ الْأَرْضَ أَوْ يَأْتِيَهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
ފަހެ، ނުބައި ރޭވުންތައް ރޭވިމީހުން، اللَّه އެއުރެންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެއުރެން ހީވެސްނުކުރާ ދިމަދިމާއިން، އެއުރެންނަށް عذاب އަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީ ހެއްޔެވެ؟
46أَوْ يَأْخُذَهُمْ فِي تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ
ނުވަތަ އެއުރެން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެކަލާނގެ އެއުރެން ހަލާކު ކުރައްވައިފާނެކަމާމެދުގައިވެސް މެއެވެ. ފަހެ، (اللَّه) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ
47أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ
ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ
48أَوَلَمْ يَرَوْا إِلَىٰ مَا خَلَقَ اللَّهُ مِن شَيْءٍ يَتَفَيَّأُ ظِلَالُهُ عَنِ الْيَمِينِ وَالشَّمَائِلِ سُجَّدًا لِّلَّهِ وَهُمْ دَاخِرُونَ
އަދި اللَّه ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. اللَّه އަށް سجدة ކުރާ حال ގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށް ދެރަވެ، ނިކަމެތިވާ حال ގައެވެ
49وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِن دَابَّةٍ وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، ملائكة ން، اللَّه އަށް سجدة ކުރެތެވެ. އަދި އެބޭކަލުން ބޮޑާވެއެއް ނުގަނެތެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
47އާޔަތް

ތަރުޖަމާ — އަން-ނަޙްލު 47

ސޫރަތު އަން-ނަޙްލު އާޔަތް 47 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ…

ސޫރަތު އާޔަތް 47/128 — ސޫރަތު އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަޙްލު އަޑު އަހާ, ސޫރަތު އަން-ނަޙްލު ތަރުޖަމާ, ސޫރަތު އަން-ނަޙްލު mp3, ސޫރަތު އަން-ނަޙްލު pdf. އާޔަތް 45–49. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers