އަލް-ބަޤަރާ · 64/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
ثُمَّ تَوَلَّيْتُم مِّن بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنتُم مِّنَ الْخَاسِرِينَ ۝٦٤
Summa tawallaitum mim ba`di zaalika falawlaa fadlul laahi `alaikum wa rahmatuhoo lakuntum minal khaasireen
📖 ދިވެހި މާނަ
ދެން އޭގެފަހުން ތިޔަބައިމީހުން (އެ عهد އަށް) ފުރަގަސްދީ، އެނބުރި ހިނގައްޖައީމުއެވެ. ފަހެ، اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން، ތިޔަބައިމީހުންގެމައްޗަށް ނުވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވީސްކަން ކަށަވަރެވެ
🎧 އަޑު އަހާ

📜 އާޔަތް 62-66 — އަލް-ބަޤަރާ

62إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ހަމަކަށަވަރުން إيمان ވެއްޖެ މީސްތަކުންނާއި، يهودى ން ކަމުގައިވި މީހުންނާއި، نصارى އިންނާއި، صابئ ންނާއި (މިއެންމެންގެ ތެރެއިންވެސް) اللَّه އަށާއި آخرة ދުވަހަށް إيمان ވެ، صالح عمل ކުޅަ މީހުންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (ނޯޓު: صابئ ންނަކީ دين އެއްނެތް މީހުން ކަމަށާއި، ތަރިތަކަށާއި، ملائكة ންނަށް އަޅުކަންކުރާ މީހުން ކަމަށް ބުނެވެއެވެ)
63وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُم بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ
ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، ތިޔަބައިމީހުންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި (އެބަހީ: ތިމަންރަސްކަލާނގެ ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި އެފޮތުގައިވާ ގޮތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ
64ثُمَّ تَوَلَّيْتُم مِّن بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَكُنتُم مِّنَ الْخَاسِرِينَ
ދެން އޭގެފަހުން ތިޔަބައިމީހުން (އެ عهد އަށް) ފުރަގަސްދީ، އެނބުރި ހިނގައްޖައީމުއެވެ. ފަހެ، اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން، ތިޔަބައިމީހުންގެމައްޗަށް ނުވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވީސްކަން ކަށަވަރެވެ
65وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ
އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ
66فَجَعَلْنَاهَا نَكَالًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ
ފަހެ، އެކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ عبرة އެއް ކަމުގައްޔާއި، تقوى ވެރިންނަށް ފުރިހަމަ نصيحة އެއް ކަމުގައި ތިމަންރަސްކަލާނގެ އެކަންތައް ލެއްވީމެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
64އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 64

ސޫރަތު އަލް-ބަޤަރާ އާޔަތް 64 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދެން އޭގެފަހުން ތިޔަބައިމީހުން (އެ عهد އަށް) ފުރަގަސްދީ، އެނބުރި ހިނގައްޖައީމުއެވެ. ފަހެ،…

ސޫރަތު އާޔަތް 64/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 62–66. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers