އަލް-މުއުމިނޫން · 65/118
ތަރުޖަމާ ކިޔެވުން — އަލް-މުއުމިނޫން
لَا تَجْأَرُوا الْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ ۝٦٥
Laa taj`arul yawma innakum minnaa laa tunsaroon
📖 ދިވެހި މާނަ
(އެއުރެންނަށް އަންގަވާހުށްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަކަށް، ތިމަންރަސްކަލާނގެ حضرة އަކުން نصر ވެރިކަމެއް ނުލިބޭނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 63-67 — އަލް-މުއުމިނޫން

63بَلْ قُلُوبُهُمْ فِي غَمْرَةٍ مِّنْ هَٰذَا وَلَهُمْ أَعْمَالٌ مِّن دُونِ ذَٰلِكَ هُمْ لَهَا عَامِلُونَ
އަދި ކިއެއްތަ! އެއުރެންގެ ހިތްތައްވަނީ، މި (قرآن) އާމެދު ނޭނގުމެއްގެ ތެރޭގައެވެ. އަދި އެއުރެން ކުރަމުންދާ عمل ތަކުގެ އިތުރަށް، އެއުރެންނަށް އެހެން (ނުބައި) عمل ތަކެއްވެއެވެ
64حَتَّىٰ إِذَا أَخَذْنَا مُتْرَفِيهِم بِالْعَذَابِ إِذَا هُمْ يَجْأَرُونَ
އެއުރެންގެ ތެރެއިން، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށް، ތިމަންރަސްކަލާނގެ عذاب ފޮނުއްވައި، އެއުރެން ގެންދަވައިފުމަށް ދާނދެނެވެ. އެހާރުން، އެއުރެން ރޮއިހޭރި، ސަލާމަތަށްއެދި ގޮވާނެތެވެ
65لَا تَجْأَرُوا الْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ
(އެއުރެންނަށް އަންގަވާހުށްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަކަށް، ތިމަންރަސްކަލާނގެ حضرة އަކުން نصر ވެރިކަމެއް ނުލިބޭނެތެވެ
66قَدْ كَانَتْ آيَاتِي تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰ أَعْقَابِكُمْ تَنكِصُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބާވައިލެއްވި آية ތައް، ތިޔަބައިމީހުންނަށް (އިއްވައި) ކިޔެވޭ ކަމުގައިވިއެވެ. ފަހެ، ތިޔަބައިމީހުން އަނެއްފަރާތަށް އެނބުރި، ފުރަގަސްދޭ ބަޔަކު ކަމުގައި ވީމުއެވެ
67مُسْتَكْبِرِينَ بِهِ سَامِرًا تَهْجُرُونَ
އެ قرآن އާމެދު ބޮޑާވެގަންނަ حال ގައެވެ. ތިޔަބައިމީހުން ރޭގަނޑުގެ ވަގުތުގައި (އެ قرآن އަށް) މަލާމާތްކޮށް ވާހަކަދައްކަން ތިބޭހިނދުގައެވެ
އަލް-މުއުމިނޫންޤުރުއާން ފިހުރިސްތު
118އާޔަތް
MeccanRevelation
65އާޔަތް

ތަރުޖަމާ — އަލް-މުއުމިނޫން 65

ސޫރަތު އަލް-މުއުމިނޫން އާޔަތް 65 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެއުރެންނަށް އަންގަވާހުށްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަކަށް، ތިމަންރަސްކަލާނގެ حضرة…

ސޫރަތު އާޔަތް 65/118 — އަލް-މުއުމިނޫން المؤمنون (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މުއުމިނޫން އަޑު އަހާ, އަލް-މުއުމިނޫން ތަރުޖަމާ, އަލް-މުއުމިނޫން mp3, އަލް-މުއުމިނޫން pdf. އާޔަތް 63–67. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers