އައް-ޝުޢަރާއް · 50/227
ތަރުޖަމާ ކިޔެވުން — އައް-ޝުޢަރާއް
قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ ۝٥٠
Qaaloo la daira innaaa ilaa Rabbinaa munqalliboon
📖 ދިވެހި މާނަ
އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ
🎧 އަޑު އަހާ

📜 އާޔަތް 48-52 — އައް-ޝުޢަރާއް

48رَبِّ مُوسَىٰ وَهَارُونَ
(އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ
49قَالَ آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ
އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވެއްޖައީމުއެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުށްޓެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ
50قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ
އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ
51إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَايَانَا أَن كُنَّا أَوَّلَ الْمُؤْمِنِينَ
ތިމަންމެން އެންމެފުރަތަމަ إيمان ވީބަޔެއްކަމުގައިވުުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ
52۞ وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُم مُّتَّبَعُونَ
ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، فرعون އާއި އޭނާގެ لشكر ދާނެތެވެ)
އައް-ޝުޢަރާއްޤުރުއާން ފިހުރިސްތު
227އާޔަތް
MeccanRevelation
50އާޔަތް

ތަރުޖަމާ — އައް-ޝުޢަރާއް 50

ސޫރަތު އައް-ޝުޢަރާއް އާޔަތް 50 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ބުނޫއެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ވެރިރަސްކަލާނގެ…

ސޫރަތު އާޔަތް 50/227 — އައް-ޝުޢަރާއް الشعراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޝުޢަރާއް އަޑު އަހާ, އައް-ޝުޢަރާއް ތަރުޖަމާ, އައް-ޝުޢަރާއް mp3, އައް-ޝުޢަރާއް pdf. އާޔަތް 48–52. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers