އަން-ނަމްލު · 6/93
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަމްލު
وَإِنَّكَ لَتُلَقَّى الْقُرْآنَ مِن لَّدُنْ حَكِيمٍ عَلِيمٍ ۝٦
Wa innaka latulaqqal Qur-aana mil ladun Hakeemin `Aleem
📖 ދިވެހި މާނަ
ހަމަކަށަވަރުން، ކަލޭގެފާނަށް قرآن އުނގަންނައިދެއްވަނީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ حضرة ންކަން ކަށަވަރެވެ

🎧 އަޑު އަހާ


📜 އާޔަތް 4-8 — ސޫރަތު އަން-ނަމްލު

4إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ زَيَّنَّا لَهُمْ أَعْمَالَهُمْ فَهُمْ يَعْمَهُونَ
ހަމަކަށަވަރުން، آخرة ދުވަހަށް إيمان ނުވާ މީހުންނަށް ތިމަންރަސްކަލާނގެ އެއުރެންގެ عمل ތައް ޒީނަތްތެރި ކުރެއްވީމެވެ. ފަހެ، އެއުރެންވަނީ حيران ވެ، ދެފުށުއެޅޭ حال ގައެވެ
5أُولَٰئِكَ الَّذِينَ لَهُمْ سُوءُ الْعَذَابِ وَهُمْ فِي الْآخِرَةِ هُمُ الْأَخْسَرُونَ
އެއުރެންނީ އެއުރެންނަށް ނުބައިވެގެންވާ عذاب ހުރި މީހުންނެވެ. އަދި އެއުރެންނީ آخرة ގައި ހަމައެންމެ ގެއްލެނިވެގެންވާ މީހުންނެވެ
6وَإِنَّكَ لَتُلَقَّى الْقُرْآنَ مِن لَّدُنْ حَكِيمٍ عَلِيمٍ
ހަމަކަށަވަރުން، ކަލޭގެފާނަށް قرآن އުނގަންނައިދެއްވަނީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ حضرة ންކަން ކަށަވަރެވެ
7إِذْ قَالَ مُوسَىٰ لِأَهْلِهِ إِنِّي آنَسْتُ نَارًا سَآتِيكُم مِّنْهَا بِخَبَرٍ أَوْ آتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ
موسى ގެފާނު އެކަލޭގެފާނުގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިމަންކަލޭގެފާނު އެތަނުން خبر އަކާއިގެން ތިޔަބައިމީހުންގެ ގާތަށް ވަޑައިގަންނަވާހުށީމެވެ. ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް ހުޅުކޮޅެއް ގެންނަވާހުށީމެވެ
8فَلَمَّا جَاءَهَا نُودِيَ أَن بُورِكَ مَن فِي النَّارِ وَمَنْ حَوْلَهَا وَسُبْحَانَ اللَّهِ رَبِّ الْعَالَمِينَ
ފަހެ، موسى ގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އަލިފާންގަނޑުގެ ކައިރީގައިވާ މީހަކަށާއި (އެބަހީ: موسى ގެފާނަށާއި) އަލިފާންގަނޑުގެ ވަށައިގެންވާ ބަޔަކަށް (އެބަހީ: ملائكة ންނަށް) بركات ލައްވާފައިވެއެވެ. عالم ތަކުގެ ވެރި اللَّه، ހުސްطاهر ވަންތަވެވޮޑިގެންވެއެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
6އާޔަތް

ތަރުޖަމާ — އަން-ނަމްލު 6

ސޫރަތު އަން-ނަމްލު އާޔަތް 6 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ކަލޭގެފާނަށް قرآن އުނގަންނައިދެއްވަނީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ حضرة…

ސޫރަތު އާޔަތް 6/93 — ސޫރަތު އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަމްލު އަޑު އަހާ, ސޫރަތު އަން-ނަމްލު ތަރުޖަމާ, ސޫރަތު އަން-ނަމްލު mp3, ސޫރަތު އަން-ނަމްލު pdf. އާޔަތް 4–8. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers