އާލު-ޢިމްރާން · 90/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
إِنَّ الَّذِينَ كَفَرُوا بَعْدَ إِيمَانِهِمْ ثُمَّ ازْدَادُوا كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُولَٰئِكَ هُمُ الضَّالُّونَ ۝٩٠
Innal lazeena kafaroo ba`da eemaanihim summaz daadoo kufral lan tuqbala tawbatuhum wa ulaaa`ika humud daaalloon
📖 ދިވެހި މާނަ
ހަމަކަށަވަރުން، އެއުރެން إيمان ވުމަށްފަހު، كافر ވެ، ދެން كافر ކަން އިތުރުވީ މީހުންގެ توبة قبول ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ
🎧 އަޑު އަހާ

📜 އާޔަތް 88-92 — އާލު-ޢިމްރާން

88خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنظَرُونَ
އެއުރެން، އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ
89إِلَّا الَّذِينَ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފުފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
90إِنَّ الَّذِينَ كَفَرُوا بَعْدَ إِيمَانِهِمْ ثُمَّ ازْدَادُوا كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُولَٰئِكَ هُمُ الضَّالُّونَ
ހަމަކަށަވަރުން، އެއުރެން إيمان ވުމަށްފަހު، كافر ވެ، ދެން كافر ކަން އިތުރުވީ މީހުންގެ توبة قبول ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ
91إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ
ހަމަކަށަވަރުން، كافر ވެ، އަދި كافر ން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން فدية ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން قبول ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސްބަޔަކު ނުވެއެވެ
92لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا مِن شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ
ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
90އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 90

ސޫރަތު އާލު-ޢިމްރާން އާޔަތް 90 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، އެއުރެން إيمان ވުމަށްފަހު، كافر ވެ، ދެން كافر ކަން އިތުރުވީ…

ސޫރަތު އާޔަތް 90/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 88–92. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers