ޣާފިރު · 20/85
ތަރުޖަމާ ކިޔެވުން — ޣާފިރު
وَاللَّهُ يَقْضِي بِالْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَقْضُونَ بِشَيْءٍ ۗ إِنَّ اللَّهَ هُوَ السَّمِيعُ الْبَصِيرُ ۝٢٠
Wallaahu yaqdee bilhaqq, wallazeena yad`oona min doonihee laa yaqdoona bishai`; innal laaha Huwas Samee`ul Baseer
📖 ދިވެހި މާނަ
اللَّه، حق އަށް ނިޔާކުރައްވަތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅޭ ތަކެއްޗަށް، އެއްވެސް ނިޔާއެއް ކަނޑައެއް ނޭޅޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 18-22 — ޣާފިރު

18وَأَنذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ
ކައިރިވަމުންއަންނަ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذار ކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ حال، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަހިނދެވެ. (އެދުވަހުން) އަނިޔާވެރިންނަކަށް رحمة ތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ شفاعة ތެރިޔަކުވެސް ނުވެއެވެ
19يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ
ލޮލުގެ خيانة ތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ
20وَاللَّهُ يَقْضِي بِالْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَقْضُونَ بِشَيْءٍ ۗ إِنَّ اللَّهَ هُوَ السَّمِيعُ الْبَصِيرُ
اللَّه، حق އަށް ނިޔާކުރައްވަތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅޭ ތަކެއްޗަށް، އެއްވެސް ނިޔާއެއް ކަނޑައެއް ނޭޅޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
21۞ أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ كَانُوا مِن قَبْلِهِمْ ۚ كَانُوا هُمْ أَشَدَّ مِنْهُمْ قُوَّةً وَآثَارًا فِي الْأَرْضِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّهِ مِن وَاقٍ
އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކުކުރެއްވިއެވެ. އަދި اللَّه ގެ عذاب ން ރައްކާތެރިކޮށްދޭނޭ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ
22ذَٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَكَفَرُوا فَأَخَذَهُمُ اللَّهُ ۚ إِنَّهُ قَوِيٌّ شَدِيدُ الْعِقَابِ
އެއީ އެއުރެންގެ ގާތަށް، އެއުރެންގެ رسول ން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، އެއުރެން އެބޭކަލުންނަށް كافر ވީތީއެވެ. ދެން اللَّه އެއުރެން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
20އާޔަތް

ތަރުޖަމާ — ޣާފިރު 20

ސޫރަތު ޣާފިރު އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه، حق އަށް ނިޔާކުރައްވަތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅޭ ތަކެއްޗަށް،…

ސޫރަތު އާޔަތް 20/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers