އަލް-އަންޢާމް · 113/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
وَلِتَصْغَىٰ إِلَيْهِ أَفْئِدَةُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا مَا هُم مُّقْتَرِفُونَ ۝١١٣
Wa litasghaaa ilaihi af`idatul lazeena laa yu`minoona bil Aakhirati wa liyardawhu wa liyaqtarifoo maa hum muqtarifoon
📖 ދިވެހި މާނަ
އަދި (އެ شيطان ން ވަސްވާސްދީ އުޅެނީ) آخرة ދުވަހަށް إيمان ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި قبول ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ

🎧 އަޑު އަހާ


📜 އާޔަތް 111-115 — އަލް-އަންޢާމް

111۞ وَلَوْ أَنَّنَا نَزَّلْنَا إِلَيْهِمُ الْمَلَائِكَةَ وَكَلَّمَهُمُ الْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلًا مَّا كَانُوا لِيُؤْمِنُوا إِلَّا أَن يَشَاءَ اللَّهُ وَلَٰكِنَّ أَكْثَرَهُمْ يَجْهَلُونَ
ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ملائكة ން ބާވައިލެއްވި ނަމަވެސް، އަދި މަރުވެފައިވާ މީހުން އެއުރެންނާ ވާހަކަ ދެއްކި ނަމަވެސް، އަދި (އެއުރެން އެދުނު) ހުރިހާ އެއްޗެއް އެއުރެންގެ ކުރިމައްޗަށް ޖަމާކޮށްދެއްވިނަމަވެސް، اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެން إيمان ވާނެ ބަޔަކު ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އޭގެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ
112وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ وَلَوْ شَاءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ
ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ
113وَلِتَصْغَىٰ إِلَيْهِ أَفْئِدَةُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا مَا هُم مُّقْتَرِفُونَ
އަދި (އެ شيطان ން ވަސްވާސްދީ އުޅެނީ) آخرة ދުވަހަށް إيمان ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި قبول ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ
114أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا ۚ وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ
(ކަލޭގެފާނު ވިދާޅުވާށެވެ!) حكم ކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެެ؟ އެކަލާނގެއީ، (حق އާއި باطل) تفصيل ކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން حق ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ
115وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު ތެދުވެރިކަމާއި، عدل ވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ كلمة ފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
113އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 113

ސޫރަތު އަލް-އަންޢާމް އާޔަތް 113 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި (އެ شيطان ން ވަސްވާސްދީ އުޅެނީ) آخرة ދުވަހަށް إيمان ނުވާ…

ސޫރަތު އާޔަތް 113/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 111–115. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers