އަތް-ތައުބާ · 76/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
فَلَمَّا آتَاهُم مِّن فَضْلِهِ بَخِلُوا بِهِ وَتَوَلَّوا وَّهُم مُّعْرِضُونَ ۝٧٦
Falammaaa aataahum min fadlihee bakhiloo bihee wa tawallaw wa hum mu`ridoon
📖 ދިވެހި މާނަ
ފަހެ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް ދެއްވިހިނދު، އެތަކެއްޗަށް އެއުރެން ދަހިވެތިވޫއެވެ. އަދި އެއުރެން ފުރަގަސްދޭ حال، އެނބުރި ދިޔައޫއެވެ
🎧 އަޑު އަހާ

📜 އާޔަތް 74-78 — އަތް-ތައުބާ

74يَحْلِفُونَ بِاللَّهِ مَا قَالُوا وَلَقَدْ قَالُوا كَلِمَةَ الْكُفْرِ وَكَفَرُوا بَعْدَ إِسْلَامِهِمْ وَهَمُّوا بِمَا لَمْ يَنَالُوا ۚ وَمَا نَقَمُوا إِلَّا أَنْ أَغْنَاهُمُ اللَّهُ وَرَسُولُهُ مِن فَضْلِهِ ۚ فَإِن يَتُوبُوا يَكُ خَيْرًا لَّهُمْ ۖ وَإِن يَتَوَلَّوْا يُعَذِّبْهُمُ اللَّهُ عَذَابًا أَلِيمًا فِي الدُّنْيَا وَالْآخِرَةِ ۚ وَمَا لَهُمْ فِي الْأَرْضِ مِن وَلِيٍّ وَلَا نَصِيرٍ
އެއުރެން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް، اللَّه ގަންދީ އެއުރެން ހުވާކުރެތެވެ. ހަމަކަށަވަރުން، كفر ގެ ބަސް އެއުރެން ބުނެފައިވެއެވެ. އަދި إسلام ވުމަށްފަހު، އެއުރެން كافر ވިއެވެ. އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ: ރާވައިގެން ކީރިތި رسول އާ އަވަހާރަކޮށްލުމަށް) ގަސްދުކޮށް އުޅުނޫވެ. اللَّه ގެ فضل ވަންތަކަމުން، اللَّه އާއި، އެކަލާނގެ رسول އާ، އެއުރެން (އެބަހީ: مؤمن ން) މުއްސަނދި ކޮށްދެއްވިކަން ނޫން އެހެން ކަމަކާމެދު އެއުރެން ރުޅިއެއް ނާދެތެވެ. ފަހެ، އެއުރެން توبة ވާނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެއުރެން އެނބުރި ފުރަގަސްދޭނަމަ، ދުނިޔެއާއި، آخرة ގައި ވޭންދެނިވި عذاب އަކުން، اللَّه އެއުރެންނަށް عذاب ދެއްވާނެތެވެ. އަދި ބިމުގައި އެއުރެންނަށް އެއްވެސް އެހީތެރިޔަކު، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ
75۞ وَمِنْهُم مَّنْ عَاهَدَ اللَّهَ لَئِنْ آتَانَا مِن فَضْلِهِ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ الصَّالِحِينَ
ހަމަކަށަވަރުން، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަންމެން صدقات ކުރާ ހުށީމުއޭ، އަދި ހަމަކަށަވަރުން، ތިމަންމެން صالح ންގެ ތެރެއިން ވާހުށީމުއޭ ކިޔައި، اللَّه އަށް عهد ކޮށް އުޅުނު މީހުންވެސް، އެއުރެންގެ ތެރެއިން ވެތެވެ
76فَلَمَّا آتَاهُم مِّن فَضْلِهِ بَخِلُوا بِهِ وَتَوَلَّوا وَّهُم مُّعْرِضُونَ
ފަހެ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް ދެއްވިހިނދު، އެތަކެއްޗަށް އެއުރެން ދަހިވެތިވޫއެވެ. އަދި އެއުރެން ފުރަގަސްދޭ حال، އެނބުރި ދިޔައޫއެވެ
77فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ
ދެން އެކަމާވިދިގެން އެކަލާނގެ އެއުރެންގެ ހިތްތަކުގައި نفاق ކަން ލެއްވިއެވެ. އެކަލާނގެއާ އެއުރެން ބައްދަލުކުރާ ދުވަހަށް ދާނދެނެވެ. (އެއީ) އެއުރެން اللَّه އަށް وعد ކުރި ކަންތަކާމެދު، اللَّه އަށް އެއުރެން خلاف ވީކަމަށްޓަކައެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމަށްޓަކައެވެ
78أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ
ހަމަކަށަވަރުން، އެއުރެންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެއުރެންގެ ސިއްރު ސައްލާތައް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
76އާޔަތް

ތަރުޖަމާ — އަތް-ތައުބާ 76

ސޫރަތު އަތް-ތައުބާ އާޔަތް 76 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް ދެއްވިހިނދު، އެތަކެއްޗަށް އެއުރެން ދަހިވެތިވޫއެވެ.…

ސޫރަތު އާޔަތް 76/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 74–78. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers