އަލް-އިސްރާއް · 42/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
قُل لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لَّابْتَغَوْا إِلَىٰ ذِي الْعَرْشِ سَبِيلًا ۝٤٢
Qul law kaana ma`ahooo aalihatun kamaa yaqooloona izal labtaghaw ilaa zil `Arshi Sabeela
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ބުނާފަދައިން، އެކަލާނގެއާއެކު إله ންތަކެއް ވާނަމަ، އެހިނދު، عرش ގެ ވެރިރަސްކަލާނގެއާ ދެކޮޅަށް މަގެއް ހޯދުމަށް، އެ إله ންތައް އެދުނީސްކަން ކަށަވަރެވެ
🎧 އަޑު އަހާ

📜 އާޔަތް 40-44 — އަލް-އިސްރާއް

40أَفَأَصْفَاكُمْ رَبُّكُم بِالْبَنِينَ وَاتَّخَذَ مِنَ الْمَلَائِكَةِ إِنَاثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا
ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް ފިރިހެންދަރިން خاص ކުރެއްވީހެއްޔެވެ؟ އަދި އެކަލާނގެ، ملائكة ންގެ ތެރެއިން އަންހެންދަރިން ހިއްޕެވީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ބުނަނީ، ބޮޑުވެގެންވާ ބަހެކެވެ
41وَلَقَدْ صَرَّفْنَا فِي هَٰذَا الْقُرْآنِ لِيَذَّكَّرُوا وَمَا يَزِيدُهُمْ إِلَّا نُفُورًا
ތިމަންރަސްކަލާނގެ (وعد އާއި، وعيد އާއި، مثال އާއި، حِكَم ފަދަ) ހުރިހާކަމެއް، މި قرآن ގައި ބަޔާންކުރެއްވީމެވެ. އެއީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (އެކަމަކު) އެއިން ނަފުރަތުވެ، ދުރުހެލިވުންމެނުވީ، އެއުރެންނަކަށް އިތުރެއް ނުކުރެތެވެ
42قُل لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لَّابْتَغَوْا إِلَىٰ ذِي الْعَرْشِ سَبِيلًا
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ބުނާފަދައިން، އެކަލާނގެއާއެކު إله ންތަކެއް ވާނަމަ، އެހިނދު، عرش ގެ ވެރިރަސްކަލާނގެއާ ދެކޮޅަށް މަގެއް ހޯދުމަށް، އެ إله ންތައް އެދުނީސްކަން ކަށަވަރެވެ
43سُبْحَانَهُ وَتَعَالَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا
އެއުރެން ބުނާ ބުނުމުން، އެކަލާނގެ ހުސްطاهر ވެވޮޑިގެންވެއެވެ. އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން، އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ
44تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا
ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
42އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 42

ސޫރަތު އަލް-އިސްރާއް އާޔަތް 42 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ބުނާފަދައިން، އެކަލާނގެއާއެކު إله ންތަކެއް ވާނަމަ، އެހިނދު، عرش…

ސޫރަތު އާޔަތް 42/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 40–44. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers