އަން-ނަމްލު · 13/93
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަމްލު
فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُّبِينٌ ۝١٣
Falammaa jaaa`at hum Aayaatunaa mubsiratan qaaloo haazaa sihrum mubeen
📖 ދިވެހި މާނަ
ފަހެ، ތިމަންރަސްކަލާނގެ معجزات ތައް ފާޅުވެގެންވާ حال ގައި އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނެފޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ

🎧 އަޑު އަހާ


📜 އާޔަތް 11-15 — ސޫރަތު އަން-ނަމްލު

11إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًا بَعْدَ سُوءٍ فَإِنِّي غَفُورٌ رَّحِيمٌ
އެހެނެއްކަމަކު، އަނިޔާވެރިވެ، ނުބައިކަމެއް ކުރުމަށްފަހު، އޭގެބަދަލުގައި ރަނގަޅުކަމެއްކޮށްފި މީހަކަށް، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
12وَأَدْخِلْ يَدَكَ فِي جَيْبِكَ تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ ۖ فِي تِسْعِ آيَاتٍ إِلَىٰ فِرْعَوْنَ وَقَوْمِهِ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. فرعون އާއި، އޭނާގެ قوم ގެމީހުންނަށް ފޮނުއްވި ނުވަ معجزات ގެ ތެރެއިންނެވެ. ހަމަކަށަވަރުން، فاسق ބަޔަކުކަމުގައި، އެއުރެންވޫއެވެ
13فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُّبِينٌ
ފަހެ، ތިމަންރަސްކަލާނގެ معجزات ތައް ފާޅުވެގެންވާ حال ގައި އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނެފޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ
14وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ
އަދި އެ آية ތައް އެއީ، ތެދުކަން އެއުރެންގެ نفس ތަކަށް يقين ވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ آية ތަކަށް އެއުރެން إنكار ކުރޫއެވެ. ފަހެ، فساد ކުރާމީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
15وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް علم ވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمان ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
13އާޔަތް

ތަރުޖަމާ — އަން-ނަމްލު 13

ސޫރަތު އަން-ނަމްލު އާޔަތް 13 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، ތިމަންރަސްކަލާނގެ معجزات ތައް ފާޅުވެގެންވާ حال ގައި އެއުރެންގެ ގާތަށް އައިހިނދު،…

ސޫރަތު އާޔަތް 13/93 — ސޫރަތު އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަމްލު އަޑު އަހާ, ސޫރަތު އަން-ނަމްލު ތަރުޖަމާ, ސޫރަތު އަން-ނަމްލު mp3, ސޫރަތު އަން-ނަމްލު pdf. އާޔަތް 11–15. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers