އަން-ނިސާއް · 111/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا ۝١١١
Wa mai yaksib isman fa innamaa yaksibuhoo `alaa nafsih; wa kaanal laahu `Aleeman hakeemaa
📖 ދިވެހި މާނަ
އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس ގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 109-113 — އަން-ނިސާއް

109هَا أَنتُمْ هَٰؤُلَاءِ جَادَلْتُمْ عَنْهُمْ فِي الْحَيَاةِ الدُّنْيَا فَمَن يُجَادِلُ اللَّهَ عَنْهُمْ يَوْمَ الْقِيَامَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا
ދުނިޔޭގެ حياة ގައި އެއުރެންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. قيامة ދުވަހުން އެއުރެންގެ ފަރާތުން اللَّه އާ جدل ކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެއުރެންގެ ކަންތަކާ حوال ވެ دفاع ކުރާނޭ وكيل އަކަށްވާނީ ފަހެ ކާކުހެއްޔެވެ؟
110وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا
ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفس އަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّه ގެ حضرة އަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ
111وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا
އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس ގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
112وَمَن يَكْسِبْ خَطِيئَةً أَوْ إِثْمًا ثُمَّ يَرْمِ بِهِ بَرِيئًا فَقَدِ احْتَمَلَ بُهْتَانًا وَإِثْمًا مُّبِينًا
އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ
113وَلَوْلَا فَضْلُ اللَّهِ عَلَيْكَ وَرَحْمَتُهُ لَهَمَّت طَّائِفَةٌ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّا أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَيْءٍ ۚ وَأَنزَلَ اللَّهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ اللَّهِ عَلَيْكَ عَظِيمًا
ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ކަލޭގެފާނަށް އޮޅުވައިލުމަށް އެއުރެންގެ ތެރެއިން ބަޔަކު އުޅެފީހެވެ. ނަމަވެސް އެއުރެންގެ އަމިއްލަ نفس ތަކަށްމެނުވީ، އެއުރެންނަށް އޮޅުވަޔެއް ނުލެވެތެވެ. އަދި، އެއްވެސް ކަމަކުން އެއުރެންނަށް ކަލޭގެފާނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ކަލޭގެފާނަށް اللَّه، حكمة އާއި، ފޮތް ބާވައިލައްވާފައި ވެއެވެ. އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަން ބޮޑުވެގެންވެއެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
111އާޔަތް

ތަރުޖަމާ — އަން-ނިސާއް 111

ސޫރަތު އަން-ނިސާއް އާޔަތް 111 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس…

ސޫރަތު އާޔަތް 111/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 109–113. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers