އަން-ނިސާއް · 87/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّهِ حَدِيثًا ۝٨٧
Allaahu laaa ilaaha illaa huwa la yajma`annakum ilaa Yawmil Qiyaamati laa raiba feeh; wa man asdaqu mminallaahi hadeesaa
📖 ދިވެހި މާނަ
اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ރަސްކަލާނގެއެވެ. قيامة ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شك އެއް ނެތެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 85-89 — އަން-ނިސާއް

85مَّن يَشْفَعْ شَفَاعَةً حَسَنَةً يَكُن لَّهُ نَصِيبٌ مِّنْهَا ۖ وَمَن يَشْفَعْ شَفَاعَةً سَيِّئَةً يَكُن لَّهُ كِفْلٌ مِّنْهَا ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقِيتًا
ހެޔޮ شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި، ނުބައި شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއްވެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
86وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا
ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
87اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّهِ حَدِيثًا
اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ރަސްކަލާނގެއެވެ. قيامة ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شك އެއް ނެތެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
88۞ فَمَا لَكُمْ فِي الْمُنَافِقِينَ فِئَتَيْنِ وَاللَّهُ أَرْكَسَهُم بِمَا كَسَبُوا ۚ أَتُرِيدُونَ أَن تَهْدُوا مَنْ أَضَلَّ اللَّهُ ۖ وَمَن يُضْلِلِ اللَّهُ فَلَن تَجِدَ لَهُ سَبِيلًا
ފަހެ، منافق ންނާމެދުގައި، ތިޔަބައިމީހުން ދެބަޔަކަށް ބެހިގެންދާންވީ ކީއްވެގެންހެއްޔެވެ؟ އެއުރެންކުޅަ عمل ތަކުގެ ސަބަބުން، اللَّه އެއުރެން كافر ކަމުގެ ތެރެޔަށް ރައްދުކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާފައިވާ މީހަކަށް ތެދުމަގު ދައްކަން ތިޔަބައިމީހުން އެދެނީހެއްޔެވެ؟ اللَّه މަގުފުރައްދަވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކަވާނެ މަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
89وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ ۚ فَإِن تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا
އެއުރެން كافر ވި ފަދައިން، ތިޔަބައިމީހުންވެސް كافر ވާނެ ނަމައޭ ހިތައި އެކަމަށް އެއުރެން އެދުނޫއެވެ. އޭރުން ތިޔަބައިމީހުން (އެއުރެންނާ) ހަމަހަމަވެދާނެތެވެ. ފަހެ، އެއުރެންގެ ތެރެއިން އެހީތެރިން ތިޔަބައިމީހުން ނުހިފާށެވެ! (އެއީ) އެއުރެން اللَّه ގެ މަގުގައި هجرة ކޮށްފުމަށް ދާނދެނެވެ. ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ތިޔަބައިމީހުންނަށް އެއުރެން ފެނުނު ކޮންމެ ތަނަކުން އެއުރެން އަތުލާށެވެ! އަދި، އެއުރެން قتل ކުރާށެވެ! އަދި، އެއުރެންގެ ތެރެއިން އެހީތެރިޔަކުވެސް އަދި، نصر ވެރިޔަކުވެސް ތިޔަބައިމީހުން ނުހިފާށެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
87އާޔަތް

ތަރުޖަމާ — އަން-ނިސާއް 87

ސޫރަތު އަން-ނިސާއް އާޔަތް 87 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ރަސްކަލާނގެއެވެ.…

ސޫރަތު އާޔަތް 87/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 85–89. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers