އަތް-ތައުބާ · 125/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
وَأَمَّا الَّذِينَ فِي قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ ۝١٢٥
Wa ammal lazeena fee quloobihim maradun fazaadat hum rijsan ilaa rijsihim wa maatoo wa hum kaafiroon
📖 ދިވެހި މާނަ
އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ދަންނާށެވެ! ފަހެ، އެއުރެންގެ كافر ކަމުގެ ތެރެއަށް كافر ކަން އެއުރެންނަށް އިތުރުވިއެވެ. އަދި كافر ން ކަމުގައިވާ حال، އެއުރެން މަރުވިއެވެ

🎧 އަޑު އަހާ


📜 އާޔަތް 123-127 — ސޫރަތު އަތް-ތައުބާ

123يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ންގެ ތެރެއިން ތިޔަބައިމީހުންނާ ގާތުގައިތިބި މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭހުށިކަމެވެ! އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ
124وَإِذَا مَا أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَٰذِهِ إِيمَانًا ۚ فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ
سورة އެއް ބާވައިލައްވައިފިނަމަ، އެ سورة ން އެމީހެއްގެ إيمان ކަން އިތުރުވީ ތިޔަބައިމީހުންގެ ތެރެއިން ކާކުހޭ ބުނެއުޅޭ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، إيمان ވެއްޖެ މީސްތަކުން ދަންނާށެވެ! ފަހެ، އެއުރެން (އެކަމަށްޓަކައި) އުފާކުރާ حال، އެއުރެންގެ إيمان ކަން އިތުރުވިއެވެ
125وَأَمَّا الَّذِينَ فِي قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ
އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ދަންނާށެވެ! ފަހެ، އެއުރެންގެ كافر ކަމުގެ ތެރެއަށް كافر ކަން އެއުރެންނަށް އިތުރުވިއެވެ. އަދި كافر ން ކަމުގައިވާ حال، އެއުރެން މަރުވިއެވެ
126أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِي كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ
އަދި ކޮންމެ އަހަރަކު އެއްފަހަރު، ނުވަތަ ދެފަހަރު (ދަތިތަކާއި ބަލިމަޑުކަން ކުރިމަތި ކުރައްވައި) އެއުރެން امتحان ކުރައްވާތީ، އެއުރެން ނުދެކޭހެއްޔެވެ؟ ދެންވެސް އެއުރެން توبة އެއް ނުވެެތެވެ. އަދި އެއުރެން ހަނދާންކޮށް وعظ އެއް ލިބިއެއް ނުގަނެއެވެ
127وَإِذَا مَا أُنزِلَتْ سُورَةٌ نَّظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَاكُم مِّنْ أَحَدٍ ثُمَّ انصَرَفُوا ۚ صَرَفَ اللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
އަދި سورة އެއް ބާވައިލައްވައިފިނަމަ، އެއުރެންގެ އެކަކު އަނެކަކަށް ބަލައިލައެވެ. (އަދި ބުނެއެވެ.) އެކަކުވެސް ތިޔަބައިމީހުން ދެކޭހެއްޔެވެ؟ ދެން އެއުރެން އެނބުރި ހިނގައިދެއެވެ. اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން އެއްކިބާ ކުރައްވައި) އަނބުރުއްވައިލެއްވިއެވެ. (އެއީ) އެއުރެންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށްޓަކައެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
125އާޔަތް

ތަރުޖަމާ — އަތް-ތައުބާ 125

ސޫރަތު އަތް-ތައުބާ އާޔަތް 125 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ދަންނާށެވެ! ފަހެ، އެއުރެންގެ كافر ކަމުގެ…

ސޫރަތު އާޔަތް 125/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 123–127. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers